ސްރީލަންކާގެ ރައީސް އަނޫރާ ކުމާރު ޑިސަނަޔެކެ ރާއްޖެއަށް ކުރެއްވި ތިން ދުވަހުގެ ފުރަމާނަ ދަތުރުފުޅު ނިންމަވާލައްވައި ރޭގައި ފުރާވަޑައިގެންފި އެވެ.
މިދިޔަ ހޯމަ ދުވަހު ޑިސަނަޔަކެ ރާއްޖެ ވަޑައިގަތީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދައުވަތަކަށެވެ.
އެ ދަތުރުފުޅުގައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިިކުރުމުގެ މަޝްވަރާތަކާއި ދެ ގައުމުގެ ރަސްމީ ވާހަކަތައް ބޭއްވެވި އެވެ. އަދި ދެ ގައުމުގެ ދެމެދު މުހިންމު ދާއިރާތަކުން އެއްބާރުލުން ދިނުމުގެ ފަހުމުނާމާއަކާއި މުއާހަދާއެއްގައި ސޮއިކުރެއްވި އެވެ.
ރާއްޖެއާ އަބަދުވެސް ގާތްގުޅުމެއް ބާއްވާ ލަންކާގެ ރައީސް ރާއްޖެ ވަޑައިގަތް އިރު، ދެ ގައުމުގެ ދެމެދުގައި ޚާރިޖީ ގުޅުން ގާއިމުކުރިތާ ވެސް މިއަހަރު 60 އަހަރު ވެއްޖެ އެވެ. ރާއްޖެ އާއި ލަންކާއާ ދެމެދުގައި ޚާރިޖީ ގުޅުން ގާއިމްކުރީ ޖުލައި 26، 1965 ގަ އެވެ. އަދި ރާއްޖެއާ އެކު ހާރިޖީ ގުޅުން ގާއިމްކުރި ފުރަތަމަ ގައުމަކީ ވެސް ލަންކާ އެވެ.
މިނިވަން ދުވަހުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގަތުމަށް ރައީސް ޑރ މުޙައްމަދު މުޢިއްޒުގެ ދައުވަތަކަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދި މިޖުލައި މަހު 25ން 26ށް ފުރަމާނަ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެންފިއެވެ.

































