ބޮލީ ވުޑްގެ މަޝްހޫރު ބަޠަލާ ގޯވިންދާ އޭނާގެ އަންހެނުން ސުނީތާ އަހޫޖާ ،ވަރިކުރުމަށް ޑިސެމްބަރު 2024 ގައި ކޯޓަށް ހުށަހެޅި މައްސަލަ އަނބުރާ ގެންގޮސްފިއެވެ. ގޯވިންދާ ބުނިކަމަށް ގޯވިންދާގެ މެނޭޖަރު ބުނީ ”އަހަރެމެންނަކީ ހިންދޫން، އަހަރެމެންގެ ތެރޭގައި ވަރިވުމަކީ އޮންނަ ކަމެއް ނޫން“ މިޚަބަރާއި އެކު ގޯވިންދާއާއި ސުނިތާގެ 40 އަހަރުވީ ކައިވެނި ސަލާމަތްވެފައިވެއެވެ.
ސުނީތާ މީގެ ކުރީން ބުނިގޮތުގައި މިއީ 40 އަހަރުވީ ކައިވެންޏެއް ކަމަށާއި، މި ޙަޔާތުގައި އެމީހުން ދުރުނުކުރެވޭނެ ކަމަށާއި ކައިވެނި ސަލާމަތްވާނެ ކަމުގެ ފުރިހަމަ އުންމީދު އެބައޮތް ކަމަށެވެ.
މިޚަބަރާއެކު ގޯވިންދާ އަލުން ފިލްމީ ދާއިރާއަށް ނިކުތުމަށް ތައްޔާރުވަމުންދާކަން ވެސް ގޯވިންދާގެ މެނޭޖަރު ވަނީ ހާމަކޮށްފައެވެ. އެގޮތުން އޭނާގެ ކުރިއަށް އޮތް ކަމްބެކް ފިލްމަކީ ”ރޫޕާ“ އެވެ. އަދި ގިނަ ޕްރޮޑިއުސަރުންތަކެއް ދަނީ އޭނާއަށް ސްކްރިޕްޓްތައް ހުށަހަޅަމުންނެވެ.
ގޯވިންދާގެ މަޝްހޫރު ފިލްމުތަކުގެ ތެރޭގައި 1986 އަހަރު ގެ ފިލްމެއް ކަމުގައިވާ އިލްޒާމް އާއި 1993ވަނައަހަރު އާން ކޭން އާއި 1994ވަނައަހަރު ރިލީޒް ކޮށްފައިވާ ރާޖާ ބާބު ހިމެނެއެވެ.

































