ގައުމީ އެއާލައިން ހިންގާ، އައިލޭންޑް އޭވިއޭޝަން ސާވިސަސް (އައިއޭއެސް)ގެ މުވައްޒަފުންނަށް ހާއްސަކޮށްގެން އިމާރާތް ކުރާ ބޯހިޔާވަހިކަމުގެ މަޝްރޫއެއް ހިންގަން ކޮންސަލްޓެންސީ ދޭނެ ބަޔަކު ހޯދަން އިއުލާނު ކޮށްފިއެވެ.
އައިއޭއެސްއިން އިއްޔެ ކުރި އިއުލާނެއްގައި ވިދާޅުވީ، ފްލެޓް އެޅުމަށް ހުޅުވާލި ފުރުސަތުގައި ކުންފުނިތަކުން ބިޑަށް ކުރިމަތިލުމަށް މިދިޔަ ސެޕްޓެމްބަރު 10 ގައި ހުޅުވާލި އިއުލާނު ބާތިލުކޮށް، އަލުން ބިޑު ކުރުމަށް ހުޅުވާލާފައިވާ ކަމަށެވެ. އެހެންކަމުން އެ މަޝްރޫއުގެ ޑިޒައިން ކުރިއަށް ގެންދަން ކޮންސަލްޓެންސީ ތަޖުރިބާ ހުރި އަދި ފެންވަރު ރަނގަޅު ކުންފުނިތަކުން ޕްރޮޕޯސަލް ހުށަހެޅުމަށް ވަނީ އެދިފައެވެ.
އެކަމަށް ޝައުގުވެރިފާ ކުންފުނިތަކުން އެކްސްޕްރެޝަން އޮފް އިންޓްރެސްޓް (އީއޯއައި) ހުށަހެޅުމަށް އައިއޭއެސްއިން ވަނީ އެދިފައެވެ. އީމެއިލް މެދުވެރިކޮށް އީއޯއައި ހުށަހަޅަން ޖެހޭ އެންމެ ފަހުގެ ތާރީހަކީ މިމަހުގެ 17 ކަމަށް ވެސް އައިއޭއެސްއިން ވަނީ ވިދާޅުވެފައެވެ.

































