2024 ވަނަ އަހަރުން ފެށިގެން މިއަހަރުގެ މިހާތަނަށް 344 މިލިޔަނަށްވުރެ ގިނަ ރުފިޔާ ސްކޮލަރޝިޕް ސްކީމުގެ ދަށުން މަތީ ތަޢުލީމު ހާސިލްކުރާ ދަރިވަރުންނަށް ޚަރަދުކޮށްފިއެވެ.
މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާބެހޭ ވުޒާރާއިން ވަނީ ސްކޮލަރޝިޕްތަކާއި ގުޅޭ އެންމެ ފަހުގެ ތަފާސްހިސާބުތައް އާންމުކުރައްވާފައެވެ.
މަތީ ތަޢުލީމާބެހޭ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ މިހާތަނަށް 95.3 މިލިޔަން ރުފިޔާ ސްކޮލަރޝިޕްއަށް ޚަރަދުކޮށްފައިވާކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ. މިއީ ޖުމްލަ 45 ދަރިވަރުންނަށް އެހީތެރިވެދީފައިވާ އަދަދެކެވެ. އޭގެތެރޭގައި ހިމެނެނީ 34 އަންހެން ކުދިންނާއި، 11 ފިރިހެން ކުދިންނެވެ. މީގެތެރެއިން މިއަހަރުގެ މިހާތަނަށް 48 ދަރިވަރުން ސްކޮލަރޝިޕް ސްކީމުގެ ދަށުން މަތީ ތައުލީމު ހާސިލްކޮށްފައިވާކަމަށް އެ މަތީ ތަޢުލީމާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ. އެއީ 30އަންހެން ކުދިންނާއި 18 ފިރިހެން ކުދިންނެވެ.
2024 ވަނަ އަހަރުން ފެށިގެން މިއަހަރުގެ މިހާތަނަށް 93 ސްކޮލަރޝިޕް ސްކީމްއަކަށް 344 މިލިޔަން ރުފިޔާ ވަނީ ޚަރަދުކޮށްފައިވާ ކަމަށް މަތީ ތަޢުލީމާ ބެހޭ ވުޒާރާއިން ޢާއްމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކައެވެ. އަދި މި ސްކީމްގެ ދަށުން ޖުމްލަ 268 ދަރިވަރުން ތަޢުލީމު ހާސިލުކުރަމުންދާކަމަށް ދައްކައެވެ. އޭގެތެރޭގައި ހިމެނެނީ 176 އަންހެން ކުދިންނާއި 80 ފިރިހެން ކުދިންނެވެ. ސްކޮލަރޝިޕް ސްކީމުގެ ދަށުން 357 ދަރިވަރުން މަތީ ތައުލީމު ހާސިލްކޮށްފައިވާކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ. އެއީ220 އަންހެން ކުދިންނާއި، 137 ފިރިހެން ކުދިންނެވެ. މި ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖެ ހިމެނޭހެން 20 ޤައުމެއްގައި 607 ދަރިވަރަކުން އަންނަނީ ތަޢުލީމު ހާސިލްކުރަމުންނެވެ.

































