މި ރޯދަ މަހަށް ހާއްސަކޮށް ސަރުކާރުން ހަދިޔާ ކުރާ މަސްދަޅު ކޭސް ބެހުމުގެ މަސައްކަތް މާލެ ސަރަހައްދުގައި މާދަމާއިން ފެށިގެން ކުރިއަށްދާނެއެވެ. މާލޭގައި މަސްދަޅުކޭސް ދޫކުރުމަށް ހަމަޖެހިފައިވަނީ ފެބްރުއަރީ 20 ވާ ބުރާސްފަތި ދުވަހުން ފެށިގެން ފެބްރުއަރީ 28 ވަނަ ދުވަހުގެ ނިޔަލަށެވެ.
މިގޮތުން ފަސް ސަރަހައްދަކުން މަސްދަޅު ކޭސް ދޫކުރުން ކުރިއަށް ގެންދަން ނިންމާފަވެއެވެ.
މާލެ ސަރަހައްދުގައި މަސްދަޅުކޭސް ބެހުމަށްކަނޑައަޅާފައިވާ 5 ސަރަހައްދަކީ :
· މާލެ ސިޓީ ކައުންސިލް އިދާރާގެ އާއްމު ހިދުމަތްތަކާއި ބެހޭ ބައި އަދި މިފްކޯ އޮފީސް ކޮމްޕައުންޑް
· ވިލިމާލެ ކައުންސިލް އޮފީސް
· ހުޅުމާލެ ފޭސް 1: އުމަރު ޒާހިރު ބިލްޑިންގ
· ހުޅުމާލެ ފޭސް 2: ހިޔާ ފްލެޓް ޓަވަރ 2 ގެ ޔޫތު ސެންޓަރު
ގޭބިސީތަކަށް ބެހުމަށް ހަމަޖެހިފައިވަނީ 180 ގްރާމްގެ ތެޔޮމަހުގެ 48 ދަޅުގެ މަސްކޭހެވެ.
މާލެ ސަރަހައްދުގައި މަސްދަޅު ކޭސް ލިބޭނީ ހަމައެކަނި ދިވެހި ރައްޔިތުންނަށެވެ. ދޫކުރެވޭނީ ގޭގޭގެ ކަރަންޓް މީޓަރު ނަންބަރު ޗެކްކުރުމަށްފަހު، ބަލައި އަންނަ ފަރާތުގެ އައިޑީ ކާޑާއި ގުޅޭނެ ފޯނު ނަންބަރު ރެކޯޑު ކުރުމަށްފަހުގައެވެ. މަސްދަޅު ކޭސް ބެހުމަށް ހަމަޖެހިފައިވަނީ ދެ ދަންފަޅިއަކަށެވެ. އެއީ މެންދުރުފަހު 2:30 އިން ހަވީރު 6:00 އަށް އަދި ރޭގަނޑު 8:30 އިން 11:00 އަށެވެ

































