ތިމާވެއްޓާ ބެހޭ ވަޒީރު ޠާރިޤް އިބްރާހީމުގެ އަރިހަށް އިންޑިއާގެ ހައި ކޮމިޝަނަރު އެޗް.އީ. ބާލަސުބަރަމާނިއަމް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުމުގައި ދެ ޤައުމުގެ މެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭ ގޮތުން މަޝްވަރާކުރެއްވެވިއެވެ. އަދި ދެ ޤައުމުގެ މަސްލަހަތު ހިމެނޭ އެކި ދާއިރާތަކުން އެއްބާރުލުން އިތުރުކުރުމާ ބެހޭ ގޮތުން ވެސް މަޝްވަރާ ކުރައްވަވާފައިވެއެވެ.
ވަޒީރު ޠާރިޤު އިބްރާހީމް އާއި އިންޑިއާގެ ހައި ކޮމިޝަނަރ އެޗް.އީ. ބާލަސުބަރަމާނިއަމްގެ މި ބައްދަލުކުރެއްވުމަކީ ކުރިއަށް އޮތް ތަނުގައި ދެ ޤައުމުގެ މެދުގައި އިތުރަށް އެއްބާރުލުމާއި ގުޅުން ބަދަހިކުރުމަށް މަގުފަހިވެގެން ދިޔަ ބައްދަލުވުމެކެވެ. އިންޑިއާއަކީ ދިވެހިރާއްޖެއާ ވަރަށް ގާތް ގުޅުމެއް އޮންނަ ޤައުމެކެވެ. އަދި ދެ ޤައުމުގެ ދެމެދުގައި އިޤްތިޞާދީ، އިޖްތިމާޢީ އަދި ސަގާފީ ގުޅުންތައް ވަރަށް ބަދަހިވެފައިވާކަން ފާހަގަކުރެވެއެވެ.

































