އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ބޮޑު މައްސަލައިގައި ބައެއް ފަރާތްތަކަށް ތަފާތު އިމްތިޔާޒުތަކެއް ލިބިދީ، އެމީހުންގެ މައްޗަށް އިތުރު ދައުވާ ނުކުރުމަށް އެއްބަސްވެ ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް ހެއްދެވި އެއްބަސްވުންތައް ބާތިލް ކުރައްވައި އެމީހުންގެ މައްޗަށް ތުޙުމަތުކުރެވޭ މައްސަލަތައް ތަހުގީގު ކުރައްވައި ޕީޖީ އޮފީހަށް ފޮނުވުމަށް ކަމާބެހޭ އިދާރާތަކަށް ޕީޖީ އެންގެވުމާ ގުޅިގެން ރައީސް ޑރ މުޙަންމަދު މުޢިއްޒު މަރުހަބާ ވިދާޅުވެއްޖެއެވެ.
ރައީސް ޑރ. މުއިއްޒު ”އެކްސް“ ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި ޒަމާނުއްސުރެ ރާއްޖެއަށް ކުރިމަތިވެފައިވާ ކޮރަޕްޝަންގެ ވަބާ މި ގައުމުން ނައްތާލެވޭނީ އެފަދަ މައްސަލަތަކުގައި ހިމެނޭ ކަމަށް ތުހުމަތު ކުރެވޭ ހުރިހާ ފަރާތަކާ މެދު ވެސް ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ހަމަހަމަކަމާއެކު އަމަލު ކުރެވިގެން ކަމަށް ކަމަށެވެ.
ޚިޔާނާތާއި ގުޅިގެން ކުރީގެ ސަރުކާރުން ލުއިދިން މީހުން
ކުރީގެ ނާއިބް ރައީސް އަޙްމަދު އަދީބު
އެމް އެމް ޕީ އާރު ސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ އަބްދުﷲ ޒިޔަތު
މުޙަންމަދު އައްލާމް ލަޠީފް
އަޙްމަދު އިސްފާޙް
މުޙަންމަދު ޙުސައިން (އޮއިއްޓޭ)

































