މި ސަރުކާރުގެ ވެރިން ކުރަމުން ގެންދަނީ ކުށް ހީ އެއް ކަމަށާއި ކިތަންމެ ވަރަކަށް މަސައްކަތް ކުރިޔަސް ޖަލަށް ނުލެވޭނޭ ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީން މިފަދައިން ވިދާޅުވެފައިވަނީ ދަ ފްރޮންޓް އޮފީހުގައި ހޯމަ ދުވަހުގެ ރޭ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ޔާމީން ވިދާޅުވީ އެމަނިފާނާ ދެކޮޅަށް ދެއްކޭނެ ސައްހަ ހެއްކެއް ނެތް ކަމަށާ އެހެންކަމުން ކޯޓުތަކުގެ ފަނޑިޔާރުން ގޯސް ނުހަދައިފި ނަމަ އެމަނިކުފާނުގެ މައްޗަށް ޖަލު ހުކުމެއް ނުއިއްވޭނެ ކަމަށެވެ.
ރައީސް ޔާމީން އިތުރަށް ވިދާޅުވީ އެމަނިފާނު ޖަލަށް ލުމަކީ އެއީ ސަރުކާރުގެ ވެރިން ކުރާ އުއްމީދަކަށް ނަމަވެސް ވެދާނެ ކަމަށެވެ.

































