ރައްޔިތުންނަށް ފުރިހަމަ ބާރު ލިބުމަކީ ގައުމުގައި ހިނގާ ކަންކަމުގައި ބަސްބުނުމުގެ ފުރުސަތު އޮތުން ކަމަށާ ރައްޔިތުންގެ ބައިވެރިވުންވެސް އޮތުން ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވެފައި ވަނީ ޖުމްހޫރީ ދުވަހުގެ މުނާސަބާގައި ޕީއެންއެފުން ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައްޔިތުންގެ ބާރު އޮތުމަކީ ފަސް އަހަރުން އެއް އަހަރު ވެރިން ބަދަލުކުރުން އެކަނި ނޫން ކަމަށާއި ރައްޔިތުންނަށް ފުރިހަމަ ބާރު ލިބުމަކީ ގައުމުގައި ހިނގާ ކަންކަމުގައި ބަސްބުނުމުގެ ފުރުސަތު ވެސް އޮތުން ކަމަށް ޔާމީން ވިދާޅުވިއެވެ. އެ ގައުމުގެ ހުރިހާކަމެއް ގައިވެސް ރައްޔިތުންގެ ބައިވެރިވުންވެސް އޮތުމަކީ ރައްޔިތުންނަށް ފުރިހަމަ ބާރު ލިބުންކަމަށް ވެސް ޔާމީން ވިދާޅުވިއެވެ.
ރައީސް ޔާމީން ވިދާޅުވީ ރައްޔިތުންގެ ބާރު އޮތުމަކީ މިނިވަން މުއައްސަސާތަކުގައިވެސް ވެރިންގެ ދިލަ ނުޖެހުން ކަމަށެވެ.
ރައީސް ޔާމީން ވިދާޅުވީ ޑިމޮކްރެސީގެ ފުރިހަމަ ރީތި މިސާލުން މިސާލު ނަގާ ނަމަ މިއަދު ރައްޔިތުންގެ ބާރު ގައުމުގައި ނެތްކަމުގެ އިހުސާސް ނުވާ ކަމަށެވެ.

































