އައުު ސެކިއުރިޓީ ފީޗާ ހިމެނޭ ޑޮމެއިން ނަމްބަރަށް ބަދަލުކުރުމުގެ ފުރުސަތު ހުޅުވާލައިފިއެެވެ.
މަދަނީ އުދުހުންތަކާބެހޭ ވުޒާރާއިން މި ފުރުސަތު ހުޅުވާލާފައިވަނީ އެއްގަމު އުޅަނދުގައި ޑޮމެއިން ބޭނުންކުރުމުގެ ޤަވާއިދަށް އިސްލާހު ގެނައުމަށްފަހުއެވެ. .
އެއްގަމު އުޅަނދުގައި ޑޮމެއިން ބޭނުންކުރުމުގެ ގަވައިދަށް ގެނައި އިސްލާހުގައި ވަނީ އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދުގެ ރަޖިސްޓްރީ ނަންބަރުގެ ބަދަލުގައި ޑޮމެއިން ނަންބަރު ބޭނުންކުރަން ބޭނުންވާ ފަރާތްތަކަށް ޑޮމެއިން ނަންބަރު ޖެހިދާނެ ކަމަށެވެ.
ޑޮމެއިން ނަންބަރު ބޭނުންކުރާއިރު އެކަމާބެހޭ ހުއްދަ އުޅަނދުގައި ނުވަތަ ދުއްވާ މީހާގެ އަތުގައި ފަސޭހައިން ފެންނާނޭހެން އޮންނަންވާނެ ކަމަށްވެސް ޤަވާއިދުގައިވެއެވެ. ޤަވާއިދުގައި ވަނީ ޑޮމެއިން ބޭނުންކުރުމަށް ރަޖިސްޓްރީކޮށްފައިވާ އުޅަނދު ނޫން އުޅަނދެއްގައި ޑޮމެއިން ބޭނުން ކުރުން މަނާވާނެ ކަމަށެވެ.
ޑޮމެއިން ރަޖިސްޓްރީކުރުމާއި އުޅަނދުގައި ޑޮމެއިން ބޭނުންކުރުމުގެ ހުއްދައާއި ޑޮމެއިންގެ ވެރިފަރާތް ބަދަލުކުރުމުގެ ހުއްދައާއި ޑޮމެއިން ދޫކޮށްފައިވާ އުޅަނދު ބަދަލުކުރުމަށް 500 ރުފިޔާގެ ފީއެއް ދައްކަންޖެހެއެވެ.
މީގެ އިތުރުން އެއްގަމުގައި ދުއްވާ އުޅަނދުތަކުގައި ބޭނުން ކުރަން ކުރިން ދޫކޮށްފައިވާ ޑޮމެއިން ނަންބަރުތައް އަލަށް ތައާރަފުކުރާ ޑޮމެއިންތަކަށް ބަދަލުކުރަން ދެ މަސްދުވަހުގެ މުއްދަތެއް ލިބޭނެކަމަށްވެސް ޤަވާއިދުގައިވެއެވެ. އަދި އެކަމަށް މިމަހުގެ 17 ވަނަ ދުވަހުން ފެށިގެން ހުށައެޅޭނެކަމަށް ދަތުރުފަތުރާބެހޭ ވުޒާރާއިން ވިދާޅުވެއެވެ. އެ ވުޒާރާއިން ވިދާޅުވީ މި ހިދުމަށް ހޯދުމަށް އެދި ފޯމާއި ލިޔެކިޔުންތަކާއެކު Domains@transport.gov.mv އަށް ނުވަތަ އެކަމަށް ހާއްސަކޮށްފައިވާ ކައުންޓަރަށް ހުށައެޅޭނެކަމަށެވެ.

































