މިސް ޔުނިވާސް 2024 ގައި ރާއްޖެ ތަމްސީލްކުރާ މަރިޔަމް ޝައިނާ ނަސީމު 21، އަށް ދަ ޑިމޮކްރެޓްސް އިން މަރުހަބާ ކިޔައިފިއެވެ. މިކަން ހާމަކޮށްފައިވަނީ ދަޑިމެކްރެޓްސް އިން މިއަދު ނެރުން ނޫސްބަޔާނެއްގައެވެ.
ނޫސްބަޔާނުގައި ބަޔާންކޮށްފައިވަނީ ދިވެހިރާއްޖޭގެ އެންމެ އެވޭލާ ތާރީޚާއި މެދުތެރޭގެ ތާރީޚާހަމައަށް އަންހެނުންނަށް ވަރަށް ބާރުވެރިކަން ލިބިދީފައިއޮތުމަށް ފަހު، އެކަން ހިސާބަކަށް ބަދަލުވެ،ސުއްމުލްއަމީރު މުޙައްމަދު އަމީން އަލުން ދިވެހި އަންހެނުން ކުރިއަށް ނެރުމަށް ފެއްޓެވި ހިސާބުން ފެށިގެންދިވެހިރާއްޖޭގައި އަންހެނުން ބާރުވެރިކުރުމުގެ ވަކާލާތު ދަނީ ހިންގެމުންކަންވަނީ ބަޔާންކޮށްފައެވެ.
ނޫސްބަޔާނުގައި އިތުރަށް ބުނެފައިވަނީ، ފިރިހެނުންނަށް އޮންނަ ކޮންމެ ފުރުޞަތެއް އަންހެނުންނަށްވެސް ލިބިދިނުމަކީ ދެންމިރާއްޖޭގައި އެއާ އިންކާރުކުރެވި ދެކޮޅުހެދޭނޭ ކަންކަމެއް ނޫކަމެވެ. އަދި އަމުދުން ރާއްޖެ އަނބުރާ އައިކޮޅަށް ފަހަތަށް ގެންދިޔުމަކީ އެއްވެސް ވަޒީރަކަށްވެސް ، އެއްވެސް ވެރިޔަކަށްވެސް އޮތްބާރެއް، އޮތް އިހުތިޔާރެއްވެސް ނޫންކަންވެސް ވަނީ ހާމަކޮށްފައެވެ.
ދަޑިމޮކްރެޓްސް އިންނެރުން ނޫސްބަޔާނުގައި އިތުރަށް ހާމަކޮށްފައިވަނީ، މިސް ޔުނިވާސް 2024ގައި ދިވެހިރާއްޖެ ތަމްސީލްކުރައްވާ މަރިޔަމް ޝައިނާ ނަސީމަށް ދަ ޑިމޮކްރެޓްސް އިން ނުހަނު މަރުހަބާ އާ ތަހުނިޔާ ދަންނަވާކަމުގައެވެ. އަދި ޝިއުނާ ނިކުންނަވަނީ ދިވެހިރާއްޖެއަށް ވަރަށް ފަޚުރުވެރި ނަމެއް ހޯއްދަވައި ދެއްވުމަށްކަމާއި ފުރިހަމަ ކާމިޔާބީއަށް އެދެކަމަށް ނޫސްބަޔާނުގައިވެއެވެ.
ދަޑިމޮކްޓްސްގެ ނެރުން މިނޫސް ބަޔާނަކީ މެކްސިކޯގައި އަންނަ ނޮވެމްބަރ 2024 ގައި ބާއްވަން ތައްޔާރުވަމުން އަންނަ ދުނިޔޭގެ ރީތީގެ ރާނިން ހޮވުމުގެ މުބާރާތުގައި ބައިވެރިވެފައިވާ، އުމުރުން 21 އަހަރުގެ މަރިޔަމް ޝައިނާ ނަސީމު އެކަން ހުއްޓާލުމަށް ސަރުކާރުގެ ފަރާތުން، ޔޫތުމިނިސްޓްރީ ނެރެފައިވާ ނޫސްބަޔާނައި ހަވާލާދީގެން ކަން ފާހަގަކޮށްލެވެއެވެ.
ޔޫތު މިނިސްޓްރީގެ ނެރުނު މިނޫސްބަޔާނާއި ދެކޮޅަށް ސޯޝަލް މީޑިއާގައި އާންމުންގެ ފާޑުކިއުންތައް އަންނަނީ އިތުރުވަމުންނެވެ

































