”ގަދަކޮށް“ ތިބީ ކޮއްޓަށްލައިގެން ބަންދުކޮށް ބަނޑުފުރާ، ގަޑިންގަޑިއަށް ކާންދޭތީތޯ ބުނެ، ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެމްބަރު މުޙައްމަދު އައްބާސް މިއަދު ސުވާލު އުފައްދަވައިފިއެވެ.
އައްބާސް މިހެން ސުވާލު ހިއްސާކޮށްފައިވަނީ، އެނާގެ ރަސްމީ އެކްސް އެކައުންޓުގައި މިއަދު ކޮށްފައިވާ ޕޯސްޓެއްގައެވެ. ޕޯސްޓުގައި ހިއްސާކޮށްފައިވަނީ، އެމަޅިތައް އެއީ އިތުބާރެވެ. ރައްޔިތުންނަށް ދިންޔަޤީންކަމެވެ. ދިންވޯޓުން ދެއްކިނަތީޖާއެވެ. ދާއިރާގެ ތަރައްޤީ، ކަމުގައެވެ.
އައްބާސް ގެ ޕޯސްޓުގައި އިތުރަށް ހިއްސާކޮށްފައިވާނީ، ރައްޔިތުން 100 ޕަސެންޓު ދިން މެޖޯރިޓީ ގައި ރައްޔިތުންގެ މަންދޫބުންގެ ދަތުރުގެ ރިޔާބަދަލު ކޮށްލަނީ ރައްޔިތުންގެ ފަޅިއަށްތޯ ނޫނީ ބައިކޮޅަށްތޯ؟ ބުނެ ސުވާލު އުފައްދާފައެވެ. އަދި ރައްޔިތުންގެ މަންދޫބުން މިއަދު އެޅިފިޔަވަޅެއްގެ ނަތީޖާ ފެންނާނީ ބޯމަތިވާ އިންތިޚާބުން ކަމުގައި ހިއްސާކުރައްވާފައެވެ.
އައްބާސްގެ ޕޯސްޓުގައި ވަނީ، ރައްޔިތުން ބާކީވާނީ ރައްޔިތުން ނިންމާ ގޮތެއްގެމަތިންނެވެ. އެއީ ބޮޑުވަރިހަމަކޮށްލުން ނޫނީ ފުންކޮށް ވިސްނައިގެން މިވީ މަދު ދުވަސްކޮޅުގައި ކަންވީގޮތާއި މެދު ޚިޔާލުފާޅުކޮށްލައިގެންނެވެ. ފަޅިކޮށްލުންއޮތީ ރައްޔިތުންބޭނުންވާގޮތަށެވެ. ދެކޮޅު ނުޖެހޭ ބަހުރުވައިން، ދެފަޅި ވެއްޖެކަން މިހާރު އެބަފެނެއެވެ.
ޕޯސްޓުގައި އިތުރަށް ހިއްސާކޮށްފައިވަނީ، ރައްޔިތުންގެ ފަޅި ބާކީވެއްޖެއެވެ. އެބުނާ ”ގަދަކޮށް“ ތިބީ ކޮއްޓަށްލައިގެން ބަންދުކޮށް ބަނޑުފުރާ، ގަޑިންގަޑިއަށް ކާންދޭތީތޯއެވެ؟ ބުނެ ސުވާލުކޮށްފައިވެއެވެ.

އައްބާސްގެ ޕޯސްޓުގައި އިތުރަށް ހިއްސާކޮށްފައިވަނީ، ރައްޔިތުންގެ މަންދޫބުން ރައްޔިތުންގެ ވިންދާ އެއްގޮތައް، ޙައްޤުގައި ބަސްބުނުމުގައި ”ގަދަކޮށް“ ނުތިބެނީ ކީއްބެތޯ ސުވާލުކޮށްފައެވެ. ”ގަދަކޮށް“ މިއީވެސް މަދު ދުވަސްކޮޅެއްގެ ބަހުންމެޓާއެވެ. ހައްސަބައިގެން އޮޑި ފަޅަށްލެފީމާ ބައިއަޅާ މީހުން ހޭނެއެވެ. ނަމަވެސް އެއީ އެންމެ ދުވަހެއްގެ ހިނދުކޮޅެއްގެ އުފަލެކެވެ. ޔަޤީނެވެ. ބޮޑުބިޔަކަމަށްބުނާ ބައި، އަރިއަޅާލައިފިއެވެ. ”ގަދަކޮށް “ ތިބެގެން ވޯޓުދޭންތިބި ރައްޔިތުން ބާކީކޮށްލީތާ، ކަމުގައި ހިއްސާކޮށްފައިވެއެވެ.
މިފަހަކަށްއައިސް މެމްބަރު އައްބަސް އާއި ޕީއެންސީ ގެ މެމްބަރުންގެ ބަހުގެ ހަމަލާތެކެއް ދަނީ މެމްބަރު އައްބާސް އާ އަމާޒުވަމުންނެވެ. އެގޮތުން އައްބާސް މިފަހުނުން އެކްސްގައި ކުރެއްވި ޕޯސްޓެއްފައި ޕީއެންސީގެ 13 ނުވަތަ 14 ވަރަކަށް މެމްބަރުން ޕީއެންސީ އާ ވަކިވެ ރައްޔިތުންގެ ފަޅިއަށް އަރާނެކަމަށްވަނީ ޕޯސްޓެއް ވެސް ކުރައްވާފައެވެ.

































