ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ރައްޔިތުން ރަނގަޅު މެސެޖެއް ދޭންޖެހޭ ހާލަތަށް ގައުމު އެދި ގޮވަމުން ދަނީ ކަމަށް، ވެލިދޫ ދާއިރާގެ މަޖިލިސް މެމްބަރު މުޙައްމަދު އައްބާސް ވިދާޅުވެއްޖެއެވެ.
މެމްބަރު އައްބާސް މިގޮތައް ވިދާޅުވެފައިވަނީ މިއަދު އެނޭގެ ރަސްމީ އެކްސް އެކައުންޓުން ހިއްސާކޮށްފައިވާޕޯސްޓެއްގައެވެ. އެޕޯސްޓުގައި ވަނީ، ދިވެހި ތާރީޚު ގައިވެސް ދުވަހަކު ނުވަންނަ ވަރަށް މިގައުމުގެ ބައިތުލްމާލަށް ފައިސާ ވަންނަމުން ދާކަމުގައެވެ. ހިތާމައަކީ ޑޮލަރުގެ އަގު ބޮޑުވެ ތަކެތީގެ އަގު ބޮޑުވެ ކަރަންޓު ބިލްތަކާއި ފެންބިލުތަށް އިންތިހާއަށް ބޮޑުވެ، ރައްޔިތުން ގެ ހާލަތު އެއްދުވަހުން އަނެއްދުވަހު ދަށަށްދާތީކަމުގައި ކަން ބަޔާންކޮށްފައިވެއެވެ.
މެމްބަރު އައްބާސްގެ ޕޯސްޓުގައި އިތުރަށް ހިއްސާކޮށްފައިވަނީ، ކޮވިޑުގެ ދަތިއުނދަގޫ ހާލަތުގައިވެސް ރައްޔިތުން އުޅެން ނުޖެހޭ ހިތްދަތި އުނދަގޫ ހާލަތެއް މިހާރު ކުރިމަތިކުރުވާކަމުގައެވެ. އަދި ދީނީ ތާކިހާ ބޮލުއަޅައިގެން ރައީސް ޑރ.މުއިއްޒު އަޑީގައި ހުންނަވައިގެން މުޅިގައުމު ލޫޓުވަމުން ދިއުމަކީ ހިތާމަ ހުރި ކަމެއްކަމުގައެވެ. މިހާލަތުން އަރައިގަތުމަށް ރައީސް ޑރ.މުއިއްޒު އަށް ރައްޔިތުން ރަނގަޅު މެސެޖެއް ދޭންޖެހޭ ހާލަތަށް ގައުމު އެދި ގޮވަމުން ދަނީ ކަމަށް ހިއްސާކޮށްފައިވެއެވެ.

ފަހަކަށް އައިސް ރައްޔިތުންގެ މަޖިލީހުގައި އައްބާސް އަކީ، ރައްޔިތުންނަށް ފައިދާވާގޮތަށް ކަންކަން ކޮށްދިނުމަށް ސަރުކާރަށް ގޮވާލާ، ފާޅުގައި ސަރުކާރަށް ފާޑުވިދާޅުވެ މަޖިލިސް ތަޅުމުގައި ވަރަށް ޖޯޝްގައި ބަހުސްކުރައްވާ، ދާއިރާގެ ރައްޔިތުންގެ އިހުތިރާމް ހޯއްދަވަމުންގެންދާ މެމްބަރެއްކަން ފާހަގަކޮށްލެވެއެވެ.
އަދި މެމްބަރުގެ އަހުމަދު އައްބާސް ގެ ދާއިރާއަށް ނިމިދިޔަ ހަފުތާގައި، ރައީސް ޑރ. މުޙައްމަދު މުޢިއުޒު ވަނީ ރަސްމީދަތުރު ފުޅެއްކުރައްވާފައެވެ. އެދަތުރުފުޅުގައި ރައީސް ޑރ. މުއިޢްޒު ވަނީ ސީދާ މެމްބަރު އައްބާހަށް އަމާޒުކޮށް، ސަރުކާރަށް އެއްބާރުލުން ނުދޭ މެމްބަރެއްގެ ގޮތުގައި ބަޔާންކޮށް، ވާހަކަފުޅުދައްކަވާފައެވެ.

































