ކިންގް ސަލްމާނު މިސްކިތުގައި ގާއިމުކޮށްފައިވާ އިސްލާމީ ކުތުބުޚާނާއަށް ބޭނުންވާ އިސްލާމިކް ފައިނޭންސްގެ އިތުރުން ކުޑަކުދިންނަށް ޚާއްޞަ ފޮތްތައް ހަދިޔާ ކުރަން ބޭނުންވާ ފަރާތްތަކަށް އެފުރުޞަތު އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ހުޅުވާލައިފިއެވެ. އެވުޒާރާއިން ކުރައްވާފައިވާ އިޢުލާނެއްގައި ވިދާޅުވެފައި ވަނީ ފޮތް ހަދިޔާ ކުރަން ބޭނުންވާ ފަރާތްތަކުން 2025 ޖުލައި 31 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ހަދިޔާ ކުރައްވަން ބޭނުންފުޅުވާ ފޮތްތަކާބެހޭ މަޢުލޫމާތު library@islamicaffairs.gov.mv އަށް މެއިލްކުރެއްވުން އެދެމެވެ. ފޮތް ހަދިޔާކުރަން ބޭނުންވާ ފަރާތްތަކަށް ފޮތް ހަދިޔާ ކުރެވޭނެ އިންތިޒާމު އެވުޒާރާގެ ފަރާތުން ހަމަޖައްސައިދޭނެ ކަމަށް ވިދާޅުވެފައި ވެއެވެ.
އިތުރު މަޢުލޫމާތު ބޭނުންފުޅުވާ ފަރާތްތަކުން 3020263 3020262 ނަންބަރާ ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން އެދިފައި ވެއެވެ.


































