އަންނަ އަހަރުގެ ދިރާސީ އަހަރު ސަރުކާރު ސްކޫލުތަކުގެ އެލްކޭޖީ އަދި ގްރޭޑް އެކަކަށް ދަރިވަރުން ވެއްދުމަށް ފޯމް ހުށަހެޅުމުގެ ފުރުސަތު ތައުލީމާ ބެހޭ ވުޒާރާއިން ހުޅުވާލައިފިއެވެ.
ތައުލީމީ ވުޒާރާއިން ވިދާޅުވީ އަތޮޅުތެރޭގެ ސްކޫލްތަކުން އެޕްލިކޭޝަން ފޯމު ދޫކުރަން މިހާރު ފަށާފައިވާ ކަމަށެވެ.
މާލޭ ސަރަހައްދުގެ ސްކޫލުތަކަށް ދަރިވަރުން ވެއްދުމަށް ފޯމް ހުށަހަޅާނީ އޮންލައިން ފޯމް މެދުވެރިކޮށް ކަމަށާއި އެ އޮންލައިން ފޯމް މިިނިސްޓްރީގެ ވެބްސައިޓުން ފެންނަން ހުންނާނެ ކަމަށް ތަޢުލީމާ ބެހޭ ވުޒާރައިން ވިދާޅުވެއެވެ.
އެޕްލިކޭޝަން ހުށަހެޅުމުގެ އެންމެ ފަހު ދުވަހަކީ އަންނަ މަހުގެ 15 ގައެވެ.
މިނިސްޓްރީން ވަނީ ވީހާ ވެސް އަވަހަށް އެޕްލިކޭޝަންތައް ހުށަހެޅުމަށް އިލްތިމާސްކޮށްފައެވެ. ސުންގަޑި ހަމަވުމަށްފަހު އެއްވެސް އެޕްލިކޭޝަނެއް ބަލައިނުގަތުމަށް މިނިސްޓްރީއިން ވަނީ ނިންމައިފައެވެ.

































