ކަބޯ ވަރޑޭ ގެ މިނިވަން ދުވަހުގެ މުނާސަބަތުގައި އެ ޤައުމުގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒް، ކޯޕަރޭޝަން އެންޑް ރީޖަނަލް އިންޓެގްރޭޝަން، ހޮޒޭ ފިލޮމެނޯ ދެ ކަރްވަލްހޯ ޑިއާސް މޮންޓެއިރޯ އަށް، މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑޮކްޓަރ ޢަބްދުﷲ ޚަލީލް ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ. މިނިސްޓަރ ޚަލީލުގެ މެސެޖްގައި ދިވެހި ސަރުކާރާއި ރައްޔިތުންނާއި އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައާއި ކަބޯ ވަރޑޭ ގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒް އަށާއި ކަބޯ ވަރޑޭ ސަރުކާރަށާއި ރައްޔިތުންނަށް، މިނިވަން ދުވަހުގެ ތަހުނިޔާއާއި ހެޔޮ އެދުންތައް އަރިސްކުރައް ވާފައި ވެއެވެ. ކުރިއަށް އޮތް އަހަރުތަކުގައި ކަބޯ ވަރޑޭ އާއި ދިވެހި ރާއްޖެއާއި ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހި ކުރެއްވުމަށް ވަރަށް ގާތުން މަސައްކަތް ކުރައްވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށްވެސް މިނިސްޓަރ ޚަލީލުގެ މެސެޖްގައި ވިދާޅުވެފައި ވެއެވެ. ކަބޯ ވަރޑޭއަށް މިނިވަންކަން ލިބުނީ 1975ވަނަ އަހަރުގެ ޖުލައި މަހުގެ 5ވަނަ ދުވަހުއެވެ.

































