ނޫސްވެރިން ފަސްނުޖެހި، ޑިމޮކްރެސީގެ ދަތުރުގައި ދެމިތިބުމަކީ މުޙިއްމު ކަމެއް ކަމަށް ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.
ރައީސް ޞާލިހް މިހެން ވިދާޅުވީ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މުނާސަބަތުގައި އެކްސްގައި ޙިއްސާކުރެއްވި މެސެޖެއްގައެވެ.
ރާއްޖެ ޑިމޮކްރެސީއަށް ކުރަމުންދާ ދަތުރުގައި މިހާތަނަށް ހޯދާފައިވާ ކުރިއެރުންތަކުން ފަހަތަށް ސޮއްސާލުމުގެ ބިރު އޮތްކަމަށް ރައީސް ޞާލިޙް ވިދާޅުވީއެވެ. އަދި ތެދު މަޢުލޫމާތު ހޯދައި ރައްޔިތުންނާ ހިއްސާކުރުމަށް ނޫސްވެރިން ހިތްވަރާއެކު މަސައްކަތް ކުރުމުގެ މުހިޙިއްމުކަން ރައީސް ޞާލިހް އެކްސްގައި ކުރެއްވި ޕޯސްޓްގައި ފާހަގަކުރެއްވިއެވެ.
ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެވެސް މެއި މަހުގެ 3 ވަނަ ދުވަހުއެވެ.

































