އާންމު ސިއްހަތަށް ނުރައްކާވާ ގޮތަށް ވިޔަފާރިކުރަމުން ދިޔަ ތަނަކުން 13 ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.
އިމިގްރޭޝަނުން ވިދާޅުވީ ޖަނަވަރީ 23 ވަނަ ދުވަހު ޓާސްކުފޯހުން މާލޭގައި ހިންގި ރެއިޑު އޮޕަރޭޝަނެއްގައި، އާންމު ސިއްހަތަށް ނުރައްކާވާ ގޮތަށް، ބިދޭސީން ދިރިއުޅެ، ވިޔަފާރި ކުރަމުންދިއަ ތަނެއް ބަލައި ފާސްކޮށްފައިވާ ކަމަށެވެ.
އެ ތަނުގައި ގަވާއިދާ ހިލާފަށް އުޅެމުންދިއަ 13 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.
އިމިގްރޭޝަނުން އާންމު ކުރި ވީޑިއޯ އިން ފެނިގެންދަނީ އިމިގްރޭޝަން އޮފިސަރުން ބިދޭސީން ދިރިއުޅެމުން ދިޔަ ތަން އެތަނުގެ ބަދިގެ ބަލައިފާސްކޮށް އެމީހުންގެ މައުލޫމާތު އެއްކުރާ މަންޒަރެވެ.
އެތަނަށް އޮފިސަރުން ދިޔަ އިރު ވެސް ބިދޭސީން ދިޔައީ ނުތާހިރު މާހައުލެއްގައި ކާބޯތަކެތި ތައްޔާރުކުރަމުންނެވެ.


































