މާލެ ސަރަހައްދުތަކުގެ އިމިގްރޭޝަން އޮފީސްތަކުން ހޮނިހިރު ދުވަސްތަކުގައިވެސް ޕާސްޕޯޓު ދޫކުރާ ގޮތަށް ހަމަޖައްސައިފިއެވެ.
އިމިގްރޭޝަނުން ހާމަ ކުރައްވާފައި ވާ ގޮތުގައި ހޮނިހިރު ދުވަސްތަކުގައި ޕާސްޕޯޓު ދޫކުރުމުގެ ޚިދުމަތް ދޭން ހަމަޖެހިފައިވަނީ ވެލާނާގެ އެއްވަނަ ފަންގިފިލާއާއި، ހުޅުމާލެ ފޭސް 1، އުމަރު ޒާހިރު ބިލްޑިންގ އަދި ހުޅުމާލެ ފޭސް 2ގެ ވިނަރެސް އެއްވަނަ އަދި ދެވަނަ ފަންގިފިލާއިންނެވެ.
މި ޚިދުމަތާއެކު މާދަމާއިން ފެށިގެން ކޮންމެ ހޮނިހިރު ދުވަހެއްގައިވެސް އެތަންތަނުން ޕާސްޕޯޓު ދޫކުރާނެ އެވެ.
އެ ތަންތަނުގައި ހޮނިހިރު ދުވަސްތަކުގައި ޕާސްޕޯޓު ދޫކުރުމަށް ނަމްބަރު ދޫކުރަން ހަމަޖެހިފައިވަނީ ހެނދުނު 9:00 އިން މެންދުރު 12:00 އާ ދެމެދުގައެވެ.


































