ރިޔާސީ ބަޔާން އިއްވުމަށް އަންނަ ފެބުރުއަރީ ހަވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލިސްގެ ޖަލްސާގެ ތަޅުމުގައި ރައީސްއަށް އަޑު އިއްވާނެކަމަށް އެމްޑީޕީއަށް ނިސްބަތްވާ، ރައްޔިތުންގެ މަޖިލީހުގެ ކެންދޫދާއިރާގެ މެމްބަރު މައުރޫފު ޛާކިރު ވިދާޅުވެއްޖެއެވެ.
މެމްބަރު މައުރޫފު މިހެންވިދާޅުވީ އެންޓީވީ އިން ބުރާސްފަތި ދުވަހުރޭ ލައިވްކޮށް ގެނެސްދިން ”ހުރަސްތޮށި “ ޕްރޮގްރާމް ގައި ވާހަކަފުޅުދައްކަވަމުންނެވެ. ވަގުފޯމް ފުރައިގެން ޕީއެންސީ އަށް މެމްބަރުން އިތުރުކުރިކަމަށް ބުނާ މައްސަލައާއި ގުޅުވާ ވާހަކަދައްކަވަމުން މައުރޫފު ކަންކަންބޮޑުވުން ފާޅުކުރައްވާފައިވެއެވެ. އެގޮތުން ވަގު ފޯމް ފުރިމައްސަލާގައި ރައްޔިތުންގެ ކަންބޮޑުވުންތަކަށް ސަރުކާރުން ފިޔަވަޅެއްނާޅުއްވާކަމާއި އަދި ރައްޔިތުންގެ އަޑު ރައީސުލް ޖުމްހޫރިއްޔާ ނާއްސަވާކަމަށް ވެސް ވިދާޅުވިއެވެ، އެހެންކަމުން ރައީސް އަށް މަޖިލީހުގައި އަޑު އިންވާނެކަމަށް މެމްބަރު މައުރޫފު ވިދާޅުވިއެވެ. އަދި މައުރޫފު ޤާބޫލުކުރައްވާ ގޮތުގައި މަޖިލީހުގެ ރިޔާސަތުންވެސް އެފުރުޞަތު ދެއްވާނެކަމަށް ޔަޤީންކުރައްވާކަމަށްވެސް ވިދާޅުވިއެވެ.
ޕްރޮގްރާމްގައި އިތުރަށް ވާހަކަފުޅުދައްކަވަމުން، ވެރިކަން ކުރާޕާޓީއަށް މެމްބަރުން ގިނަވާން މެދުވެރިވެރިވަނީ އާންމުކޮށް އަމަކުރެވެމުންދާ ގޮތުގެ ސަބަބުން ކަމާއި ޤަނޫނު ދަންނަކަމެއްނޫކަމަށެވެ. އަދި ވެރިކަން ކުރާ ޕާޓީއަށް މެމްބަރުން ގިނަވެގެން ދަނީ ރަށުފެންވަރުގައި ބާއްވާ ލޯކަލް އިންތިހާބުތަކުގައި ކާމިޔާބު ހޯދުމުގެ ގޮތުން، ސަރުކާރުގައި އޮންނަ ޕާޓީއަށް މެމްބަރުން އިތުރުވަމުންދާ ކަމުގައެވެ. އަދި ރަށުގައި ހިންގަމުންދެންދާ ޕްރޮޖެކްޓަތައް ދެމެހެއްޓެނެގި ގޮތުގައި ކުރިއަށް ގެންދިއުމަށް ސަރުކާރު ގައި އޮންނަޕާޓީ އަށް މެމްބަރުން އިތުރުވަމުންދާކަމަށެވެ.

މެމްބަރު މައުރޫފުގެ ވާހަކަފުޅުގައި ވިދާޅުވީ، ނަމަވެސް މިފަހުން ޕީއެންސީ އަށް މެމްބަރުން އިތުރުވެގެން ގޮސްފައިވަނީ އަދަޔާ ޙިލާފު ކަމެއްކަމަށެވެ. ”މިވެގެން އުޅޭގަތަކީ ޑީއެންއާރުގެ ޑޭޓާބޭސް ބޭނުކޮށްގެން އޮޅުވާއިލައިގެން ވަގަށް ޕީއެންސީ އަށް މެމްބަރުން ވައްދާކަމަށް“ ވިދާޅުވިއެވެ.
އަދި އިލެކްޝަން ކޮމިޝަންގައި ޕާޓީއަށް މެމްބަރުން ވެއްދުމުގައި ވަރަށް ހަރުދަނާ އުޞޫލެއް އޮންނަކަމަށް ވިދާޅުވިއެވެ. އެހެންމީހެއްގެ ފޯމެއް އެހެންމީހަކަށް އިލެކްޝަންއަށް ވައްދާ އުޞޫލެއް ނޯންނަކަމަށް ވެސް ވިދާޅުވިއެވެ. އަދި އެމީހަކަށް ނޭނގި ޕާޓީއަކަށް ނުވެއްދޭނެކަމަށް ވެސް ހިއްސާކުރެއްވިއެވެ. ޕާޓީ ގެ ރަސްމީ ތައްގަނޑު ޖެހި ފޯމްތައް މެދުވެރިކޮށް މެމްބަރުން ޕާޓީއަށް ވެދުމުގެ އުޞޫލު އޮންނަކަމާއި އެހެންކަމުން އިލެކްޝަން ޒިންމާ ނަގަންޖެހޭނެކަމަށާއި އިލެކްޝަންއަށް ގޮތްނޭނގޭފޯމްތަކެއް ނާންނާނެކަމަށް ވިދާޅުވިއެވެ.
ޕީއެންސީ އަށް ވަގުފޯމް ފުރިކަމުގެ ޝަކުވާތަކެއް ފެންމަތިވެ އެކަން ތަހުގީގުކޮށްދިނުމަށް ފުލުހަށް ވެސް ވަނީ ހުށަހަޅާފައެވެ. އިލެކްޝަންނުން ޕާޓީގެ ދަފުތަރު އާންމުކުރީ ވަގުފޯމްގެ މައްސަލާގައި ރައްޔިތުންގެ މެދުގައި ތަފާތު ޝަކުވާތަކެއް ފެންމަތިވެފައިވާ ދަނޑިވަޅެއްގައެވެ. އަދި އެމްޑީޕީގެ މަޖިލިސް މެމްބަރެއްވެސް ޕީއެންސީ އަށް ވެއްދި ފޯމްގެ މައްސަލަވެސް ވަނީ ހޫނުވެފައެވެ.
އަދި ސަރުކާރުގެ ކަމާބެހޭ އެއްވެސް ފަރާތަކުން ވަގުޕޯމް ފުރިމައްސަލާގައި ވަކި އެއްޗެއް ހާމަކޮށްފައި ނުވެއެވެ. ނަމަވެސް އިދިކޮޅު މައި ޕާޓީ އެމްޑީޕީ އިން ވަނީ ވަގުފޯމް ފުރި މައްސަލަ، ސަރުކާރުގެ ޝަމާލުކަމަށް ގެނެސް މައްސަލަ ބާލާދިނުމަށް އެދިފައެވެ.


































