ސެނެހިޔާ ހޮސްޕިޓަލް ކައިރިން މީހަކު ޒަހަމްތަކަކާއިއެކު ފެނިއްޖެއެވެ.
މިގޮތުން ޒަހަމްވެފައިވަނީ ދިވެހި ފިރިހެނެއްކަމަށް ފުލުން މައުލޫމާތުދެއްވައެވެ. ފުލުހުން މައުލޫމާތު ދެއްވާގޮތުގައި މިމައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މިއަދު ހެނދުނުއެވެ.
މިހާރު މިމީހާވަނީ ފަރުވާދިނުމަށްޓަކައި ސެނެހިޔާ ހޮސްޕިޓަލަށް ގެންގޮސްފައެވެ. އަދި މިވަގުތު ފުލުހުންދަނީ އެ ސަރައަްދުގައި ހަރަކާތްތެރިވަމުންނެވެ. މިކަމާއި ގުޅިގެން އަދި އިތުރު މައުލޫމާތެއް ފުލުހުން ނުދެއްވައެވެ.

































