މިދިޔަ ޑިސެމަބަރު މަހުގެ 12 ވަނަ ދުވަހު ހިނގި އަލިފާނުގެ ހާދިސާގައި އެނދި ހައުސިން މިނިސްޓްރީގެ ސާވާ ރިކަވާ ކުރަން ސިންގަޕޫރަށް ފޮނުވަން ނިންމައިފި އެވެ.
މިމަހުގެ 14ވަނަދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވީ 2022 ވަނަ އަހަރުގެ މެދު ތެރެއާ ހަމައަށް ހުރިހާ މައުލޫމާތުތަކެއް ހުރީ ރައްކާ ކުރެވިފައި ކަމަށެވެ.
އެހެން ނަމަވެސް އޭގެ ފަހުން އެކި ސަބަބުތަކާ ހުރެ މައުލޫމާތުތައް ރައްކާ ނުކުރެވި ހުރިކަން މިނިސްޓަރު ފާހަގަ ކުރެއްވި އެވެ. ސަބަބެއްގެ ގޮތުގައި މިނިސްޓަރު ވިދާޅުވީ ކުރީ ސަރުކާރުން ދައްކަން ޖެހޭ ސަބްސްކްރިޕްޝަންތަކެއް ދެއްކުން ހުއްޓާލުމެވެ. އަދި ހައުސިން މިނިސްޓްރީގައި ރޯވީ ބެކަޕް ސާވާތަކެއް ގާއިމުކުރުމުގެ މަސައްކަތް ނިމުމަކާ ހިސާބަށް ގޮސްފައި އޮއްވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރ ވިދާޅޫވީ މިހާރު އެ ސާވާގެ ޑިސްކުތައް ސިންގަޕޫރަށް ފޮނުވައިގެން އޭގެން އެއްވެސް މައުލޫމާތެއް ރިކަވާ ކުރެވޭތޯ މަސައްކަތް ކުރަމުން ގެންދާކަމަށެވެ. އެހެން ނަމަވެސް ފުދޭ ވަރަަކަށް ބޮޑަށް އަލިފާނުގެ އަސަރުކޮށްފަ ހުރިކަމަށް މިނިސްޓަރު ވިދާޅުވި އެވެ. ސާވާތައް ހަލާކުވި ނަމަވެސް ފްލެޓް ލިސްޓު އޮތީ ކްލައުޑްގައި ރައްކާކުރެވިފައިކަން މިނިސްޓަރ ފާހަގަ ކުރެއްވި އެވެ.


































