އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ރަސްމީދަތުރުފުޅެއްގައި ސަޢުދީ ޢަރަބިއްޔާއަށް މިއަދު ވަޑައިގަންނަވައިފިއެވެ.
އިސްލާމީ ކަންތައްތަކާ ބޭހޭ ވުޒާރައިން ބުނީ، ވަޒީރުގެ މިދަތުރުފުޅަކީ، ސަޢުދީ ޢަރަބިއްޔާގެ މިނިސްޓަރ އޮފް ޙައްޖު އެންޑް އުމްރާ ޑރ ތައުފީޤު ރަބީޢާގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެއްކަމަށެވެ. އަދި މި ޒިޔާރަތުގެ ތެރޭގައި ރާއްޖެއާއި ސަޢުދީ އަރަބިއްޔާއާ ދެމެދު ކޮންމެ އަހަރަކުވެސް ޤާއިމު ކުރާ ޙައްޖު އެގްރީމެންޓްގައި ސޮއިކުރެއްވުމުގެ އިތުރުން ޙައްޖު މިނިސްޓަރ ޑރ ތައުފީޤު ރަބީޢާއާ ބައްދަލުކުރައްވާނެއެވެ. މީގެ އިތުރުން 1446 ވަނަ އަހަރު ޙައްޖު މިނިސްޓްރީއިން ބާއްވާ ޙައްޖު މައުރަޒުގައި ވަޒީރު ޝަހީމު ބައިވެރިވެ ވަޑައިގަންނަވާނެއެވެ
ޙައްޖުގެ އިންތިޒާމްތަށް ހަރުދަނާކުރުމަށްޓަކައި އިސްލާމީ ޤައުމުތަކާ ގުޅިގެން ސަޢުދީ ސަރުކާރުން ދަނީ ގިނަ ގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.
ވަޒީރު ޝަހީމު ސަޢުދީ އަށް މިއަދު ވަޑައިގެންނެވީ މުސްލިމް ވޯލްޑް ލީގު (ރާބިތަތުލް އާލަމިލްއިސްލާމީ) ގެ ކޮންފަރެންސަށް ޕާކިސްތާނަށް ވަޑައިގެންނެވި ދަތުރު ނިންމަވާލެއްވުމަށް ފަހު ގައެވެ.

































