އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން 2025ވަަނަ އަހަރުގެ ކަލަންޑަރު ނެރެފިއެވެ.
މިއަދު އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރައިން ބުނީ، އެވުޒާރާއިން ތައްޔާރުކޮށްފައިވާ 2025ވަނަ އަހަރުގެ ކަލަންޑަރު ވުޒާރާއިން އާއްމުކޮށް ވިއްކާ ގޮތަށް ވަނީ ހަމަޖެހިފައެވެ.
އެގޮތުން ވޯލް ކަލަންޑަރު -/25ރ. (ފަންސަވީސް ރުފިޔާ)އަށް ވިއްކާން ހަމަޖެހިފައިވާ އިރު، ޑެސްކު ކަލަންޑަރު ވިއްކާން ހަމަޖެހިފައިވަނީ -/50ރ. (ފަންސާސް ރުފިޔާ)އަށެވެ.
މި ކަލަންޑަރަކީ ހިޖުރީ ތާރީޚާއި މީލާދީ ތާރީޚާއި ރަސްމީ ބަންދު ދުވަސްތަކާއި ނަކަތްތަކާއި ނަމާދު ވަގުތުތައް އެނގޭ ގޮތަށް ފަރުމާކުރެވިފައިވާ ކަލަންޑަރެކެވެ.

މި ކަލަންޑަރުތައް ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:00އިން 14:00އަށް ވުޒާރާގެ ރިސެޕްޝަނުން ގަންނާން ލިބޭން ހުންނާނެކަމަށް ވުޒާރައިން ހާމަކޮށްފައިވެއެވެ.

































