ހިޔާ ފްލެޓްގެ 13 ވަނަ ޓަވަރުން ކުޑަ ކުއްޖަކު ވެއްޓި ނިޔާވެއްޖެއެވެ.
ފުލުހުން ވިދާޅުވީ އެ ހާދިސާ ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ ރޭ ދަންވަރު 01:26 ގައި ކަމަށެވެ.
އެ ހާދިސާގައި ވެއްޓި ނިޔާވީ އުމުރުން 16 އަހަރުގެ ފިރިހެން ކުއްޖެއް ކަމަށް ވެސް ފުލުހުން މައުލޫމާތުދެއްވައެވެ. އަދި އެކުއްޖާ ވެއްޓިފައިވަނީ ހިޔާ ޓަވަރުގެ 5 ގެ 13 ވަނަ ފަންގިފިލާއިން ކަމަށް ފުލުހުން މައުލޫމާތުދެއވިއެވެ.
އެ ކުއްޖާ ހުޅުމާލެ ހޮސްޕިޓަލަށް ގެންދިޔައިރުވެސް ނިޔާވެފައިވާކަމަށް ފުލުހުން މައުލޫމާތުދެއްވާފައިވެއެވެ.
ފުލުހުން މިހާރު އަންނަނީ މިމައްސަލަ ތަހުޤީޤުކުރަމުންނެވެ.

އެ ހާދިސާގެ އިތުރު ތަފްސީލު ފުލުހުން ނުދެއެވެ.
ފުލުހުން ބުނީ އެ ހާދިސާ އިތުރަށް ތަހުގީގުކުރަމުންދާ ކަމަށެވެ.

































