ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފަހު ދައުރު މިއަދު ނިންމައި، މެމްބަރުން ޗުއްޓީއަށް ވަޑައިގަތުމަށް ހަމަޖެހިއްޖެއެވެ. މިކަން ހާމަކުރެއްވީ މިއަދުގެ ޖަލްސާ ފައްޓަވައި، މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲއެވެ. އެމަނިކުފާނު ވިދާޅުވީ މިދައުރު މިއަދު ނިންމަވާފައިވާތީ ޖަލްސާއަށް އެޖެންޑާ ކުރެވިފައިވާ މަސައްކަތްތައް އެއްކޮށް ނިމެންދެން ޖަލްސާ ކުރިއަށްދާނެ ކަމަށެވެ.
މަޖިލިހުގެ ޤަވައިދު އޮންނަ ގޮތުން މަޖިލީހުގެ މި ދައުރުގެ ފަހު ދުވަހަކީ ނޮވެމްބަރު 30 ވަނަ ދުވަހެވެ. ނަމަވެސް ނުނިމި ހުރި މަސައްކަތްތައް ނިންމުމަށް މެންބަރުންގެ ވޯޓަކާއެކު މި މަހުގެ 15ވަނަ ދުވަހާ ހަމައަށް ވަނީ ދައުރު ދަންމާލާފައެވެ. މިއަދުގެ ޖަލްސާގައި މަޖިލީހުގައި ނުނިމިހުރި ގިނަ މަސައްކަތްތަކެއް ތާވަލްކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ.
މިހާރު ކުރިއަށްދަނީ ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިންވަނަ ދައުރެވެ. މިއީ މިއަހަރުގެ އެންމެ ފަހު ދައުރެވެ. މަޖިލިހުގެ ތިންވަނަ ދައުރުގައި ވަނީ ވަރަށް މުހިންމު ބިލްތަކެއް ފާސްކޮށްފަވާކަން ފާހަގަކޮށްލެވެއެވެ.

































