ސަޢޫދީ އަރަބިއްޔާގެ ސަރުކާރުން ރާއްޖެއަށް ހަދިޔާކުރި ކަދުރު ލިބިފައިވާކަމަށާއި، ރޯދައިގެ ކުރިން ކަދުރު ބަހާ ނިންމާނޭކަމަށް އިސްލާމިކް މިނިސްޓަރު ޑޜ.މުހައްމަދު ޝަހީމް ވިދާޅުވެއްޖެއެވެ.
މިގޮތުން ސައުދީ އަރަބިއްޔާގެ ސަރުކާރުން 50 ޓަނުގެ ކަދުރު ހަދިޔާކޮށްފައިވާކަމަށް ވަޒީރު ޑރ.ޝަހީމް ވިދާޅުވިއެވެ. ސޯޝަލް މީޑިއާގައި ކުރެއްވިި ޕޯސްޓެއްގައި ޑރ.ޝަހީމް ވިދާޅުވީ، މި ފަހަރު ކަދުރު ބެހުމުގައި މިސްކިތްތަކުގައި އިފްޠާރު ޕްރޮގްރާމް ހިންގަން ބޭނުންވާ ޖަމިއްޔާތަކަށް ވެސް ކަދުރުން ބައެއް ދޭނޭ ކަމަށެވެ.
ސައުދީ އަރަބިއްޔާގެ ސަރުކާރުން ކޮންމެ އަހަރެއްގެވެސް ރަމަޟާން މަހަށް ހާއްސަކޮށްގެން ދިވެހިރާއްޖެއަށް ކަދުރު ހަދިޔާކުރެއެވެ.

































