ނޭޝަނަލް ކެރިޔާ ސަރވިސެސް (އެންސީއެސް) އަދި ސަސްޓެއިނަބަލް އެންޑް އިންޓެގްރޭޓެޑް ލޭބަރ ސަރވިސެސް (ސެއިލްސް) ޕްރޮޖެކްޓްގެ ފަރާތުން ވ. ކެޔޮދޫ އަދި ވ.ފެލިދޫގައި އައުޓް ރީޗް ޕްރޮގްރާމެއް ބޭއްވުމަށް ތައްޔާރުވެއްޖެއެވެ.
ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާ މި އައުޓް ރީޗް ޕްރޮގްރާމްގެ ދަށުން ޖޮބް ޕޯޓަލް މެދުވެރިކޮށް ވަޒީފާ ހޯދުމާއި ގުޅޭ އެކި ކަންކަންކުރުމަށް ޒުވާނުން އަހުލުވެރިކުރުވުމުގެ އިތުރުން ވަޒީފާގެ ފުރުޞަތުތަށް ފަހިކޮއްދިނުމަށް ކުރިވިދާނެ އިތުރު މަސައްކަތްތަކާއި ގުޅޭގޮތުން މަޢުލުމާތު ޙިއްސާކުރުމަށް ވަނީ ހަމަޖެހިފައެވެ
މި އައުޓް ރީޗް ޕްރޮގްރާމްގެ ފުރުތަމަ ސެޝަން ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވަނީ 4 ޑިސެމްބަރ 2024 ގެ ހަވީރު 4 ކުން ފެށިގެން ވ.ކެޔޮދޫގައެވެ. އަދި ފަހު ސެޝަން ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވަނީ 5 ޑިސެމްބަރ 2024 ގެ ހަވީރު 3 ކުން 4 ކާއި ހަމައަށް ވ.ފެލިދޫގައެވެ.

































