20 ވަނަ ޤަރުނުގައި ރާއްޖޭގެ މާލީ ވުޒާރާ:
އޮނަރަބަލް ޑރ. އަޙްމަދު އިނާޒަކީ ރާއްޖޭގައި މާލީ ވުޒާރާކަން ކުރެއްވި ޒުވާން ތައުލީމީ ބޭފުޅެކެވެ. އެމަނިކުފާނު ފުރަތަމަ ޑިގްރީ ހާސިލް ކުރެއްވީ ކުރެއްވީ ސިންގަޕޫރުގެ ނޭޝަނަލް ޔުނިވަރސިޓީން ސޯޝަލް ސައެންސް (އިކޮނޮމިކްސް) ރޮނގުންނެވެ. އެއަށްފަހު އެމަނިކުފާނު ވަނީ ދެ ރޮނގަކުން އިނގިރޭސި ވިލާތުން މާސްޓަރސް ހާސިލް ކުރައްވާފަ އެވެ. އެއީ ޔުނިވަރސިޓީ އޮފް ވެސްޓްމިނިސްޓަރ އިން މާސްޓަރސް އޮފް ސައިންސް (އިންޓަރނޭޝަނަލް ބިޒްނަސް އިކޮނޮމިކްސް) އާއި، ޔުނިވަރސިޓީ އޮފް މެންޗެސްޓަރ އިން މާސްޓަރސް އޮފް ސައިންސް (ޑިވެލޮޕްމެންޓް އިކޮނޮމިކްސް އެންޑް ޕޮލިސީ) އެވެ.
މާލީ ވުޒާރާއިން ބުނިގޮތުގުގައި، އެމަނިކުފާނު މާލީ ވަޒީރެއްގެ ގޮތުގައި މަސައްކަތްކުރެއްވި، މަދު ދުވަސްކޮޅުގެ ތެރޭގައި ފާހަގަކޮށްލެވޭ މަސައްކަތްޕުޅުތަކެއްވަނީ ކުރައްވާފަ އެވެ. އޭގެތެރޭގައި ޖީ.އެސް.ޓީ ޤާނޫނު ތަޢާރަފު ކުރުމާއި ބީ.ޕީ.ޓީ ޤާނޫނު ތަންފީޒުކޮށް ޓެކްސް ނަގަން ފެށުމާއި، މީޑިއަމް ޓާރމް އެކްސްޕެންޑިޗަރ ފްރޭމް ވާރކް އެނަލައިޒް ކުރުން ފާހަގަކޮށްލެވެ އެވެ. އަދި ޕޭ ކޮމިޝަނެއް އުފެއްދެވުމުގެ މަސައްކަތް ފެއްޓެވުން ހިމެނެ އެވެ. ލާމަރުކަޒީ ޤާނޫނު ތަންފީޒު ކުރުމަށް މާލީ ގޮތުން ކުރަންޖެހޭ ކަންކަން ކުރެއްވުމާއި، ހައުސިންގ ސްކީމް އިތުރަށް ފުރިހަމަ ކުރެއްވުން ވެސް ހިމެނެ އެވެ. ދައުލަތުން ޑޮމެސްޓިކް މާކެޓްގައި ވިއްކާ ޓްރެޜަރީ ބިލްތައް މާކެޓް ރޭޓުގައި ވިއްކަން ފެށުން ފާހަގަކޮށްލެވެ އެވެ. ހަމައެކަނި ސަރުކާރު މުވައްޒަފުންނަށް ލިބެމުންދިޔަ ”މަދަނަ“ ސްކީމް އަލުން އެކުލަވާލުމަށް ކުރެވެމުންދިޔަ މަސައްކަތްތައް ފުރިހަމަކުރެވި، ޔުނިވަރސަލް ހެލްތު އިންޝްއަރެންސް ސްކީމެއްގެ ގޮތުގައި ތަރައްޤީ ކުރެވި، ’އާސަންދަ“ މި ނަމުގައި، ރައްޔިތުންނަށް 2011 ވަނަ އަހަރު ލިބެން ފެށީވެސް މިނިސްޓަރ އިނާޒުގެ ފިނޭންސް މިނިސްޓަރ ކަމުގަ އެވެ. މިގޮތުން ކަމާބެހޭ ޤާނޫނު އެކުލަވާލައި ޢަމަލު ކުރަން ފެށުނުކަން ފާހަގަކުރެވެ އެވެ.
އޮނަރަބްލް އަޙްމަދު އިނާޒަކީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓްގެ ޑެޕިޔުޓީ މިނިސްޓަރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ. އެ ދުވަސްވުރު ކުރެއްވި މުހިންމު މަސައްކަތްޕުޅުތަކުގެ ތެރޭގައި ކުދިފަންތިއާއި މެދުފަންތީގެ ވިޔަފާރި ވެރިންނަށް ދެވޭ ލޯން ސްކީމް އިތުރަށް ފުރިހަމަ ކުރެއްވުން ފާހަގަކޮށްލެވެ. މީގެ އިތުރުން 2007 އަހަރާއި 2008 ވަނަ އަހަރު މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް އެންޑް ޓްރޭޑްގައި ނޭޝަނަލް ޓްރޭޑް ކޯޑިނޭޓަރުކަމާއި، މިނިސްޓަރ އޮފް ޕްލޭނިންގ އެންޑް ނޭޝަނަލް ޑިވެލޮޕްމެންޓް ގެ އިތުރުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ފަންނީ މަޤާމު ތަކެއްގައި މަސައްކަތްޕުޅު ތަކެއް ކުރެއްވި އެވެ.

































