މަޝްވަރާގެ އުސޫލެއް ނެތި ކަންކަން ކުރިއަށް ގެންދިއުމަކީ ބަލައިގަނެވޭ ކަމެއް ނޫން ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.
އެމްޑީީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފައްޔާޒު ވިދާޅުވީ، މަޝްވަރާގެ އުސޫލެއް ނެތި ކަންކަން ކުރިއަށް ގެންދިއުމަކީ ބަލައިގަނެވޭ ކަމެއް ނޫން ކަމަށާއި، ހުރިހާ ކަމެއްވެސް ހިނގަން ޖެހޭނީ ޤާނޫނުއަސާސީގައި ބުނާ ގޮތުގެ މަތިންކަމަށެވެ.
އަދި ޤާނޫނުއަސާސީއަށް ހުށަހެޅި އިސްލާޙުގެ ކަންކަމަކީ ހުދުމުހުތާރު ވެރިކަން ސާފުކޮށް ފެނިގެންދިިިޔަ ކަމެއްކަމަށް ފައްޔާޒު ވިދާޅުވިއެވެ. އެހެންކަމުން ހުދުމުހުތާރު ވެރިކަމެއް ބަލިކޮށްލުމަށް ކުރަންޖެހޭ ހުރިހާ ކަމެއް ކުުރައްވާނެކަމަށްވެސް ފައްޔާޒު ވިދާޅުވިއެވެ.
ފައްޔާޒް ވިދާޅުވީ ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު އެމަނިކުފާނު ބޭނުންވާ ގޮތަކަށް ގާނޫނު އަސާސީއަށް ބަދަލު ގެންނާނެކަން ބުދަ ދުވަހުގެ މަޖިލީހުގައި އެންޓި ޑިފެކްޝަން ގާނޫނާއި ގުޅިގެން ކުރެވުނު މަސައްކަތުން އެގިގެން ދިޔަކަމަށެވެ.
12 ގަނޑިއިރުގެ ތެރޭގައި ގާނޫނު އަސާސީއަށް ބޮޑެތި ބަދަލުތަކެއް ގެނައިރު، އެއްވެސް ބައެއްގެ މަޝްވަރާ މި ސަރުކާރުން ހޯދާފައިނުވާކަމަށް ވިދާޅުވެ، އޭނާ ފާހަގަކުރެއްވީ ތަޖުރިބާކާރުންނެވެ.
އެމްޑީޕީއިން އެންޓި ޑިފެކްޝަން ގާނޫނަށް އިސްލާހު ގެނައީ އިންތިހާބުވާ ޕާޓީ ދިފާއު ކުރަން ޖެހޭ ގޮތަށްކަމަށެވެ. ގާނޫނު އަސާސީގައި ބުނާ ގޮތުގައި މަޖިލީހުގެ މެންބަރުން ވަކާލާތު ކުރަން ޖެހޭނީ މުޅި ރައްޔިތުންގެ ހައްގުގައިކަމަށް ފާހަގަކޮށް ފައްޔާޒް ވިދާޅުވީ، ވަކި ދާއިރާއެއްގެ ހައްގުގައިވެސް ނޫންކަމަށެވެ.
ބައެއް ކަންކަމަކީ މެންބަރުގެ އަމިއްލަ އިހުތިޔާރު އޮންނަން ޖެހޭ ކަންކަންކަމަށް ފައްޔާޒް ވިދާޅުވިއެވެ. ފުޅާ ދާއިރާއެއްގައި ކަންކަމަށް ފުރުސަތު އޮންނަން ޖެހޭކަމަށް އޭނާ ވިދާޅުވިއެވެ.

































