މާލޭގެ މަސްޖިދުލް ޔޫސުފުލް ބަރުބަރީގެ އާ މިސްކިތް އަލުން ބިނާކުރަން ބަޔަކާ ހަވާލުކޮށްފިއެވެ.
އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ އެ މަސައްކަތް ހަވާލު ކުރީ ހެޔޮދޭ އެފަރާތަކާ ކަމަށެވެ. އަދި ބަރުބަރީ މިސްކިތް އަލުން ބިނާކުރަނީ ޒަމާނީ ފެންވަރަށް ކަމަށް ވެސް ވިދާޅުވިއެވެ.
ރަށްދެބައިމަގު ބަރުބަރީ މިސްކިތް އިމާރާތްކުރަނީ އަމިއްލަ ކޮން ފަރާތެއް ކަމެއް އެނގިފައެއް ނުވެއެވެ. މިއީ 1400 މީހުންނަށް ނަމާދު ކުރެވޭ ގޮތަށް 3 ބުރިއަށް ހަދާ މިސްކިތެކެވެ. މި މިސްކިތް އެޅުމަށް ހިނގާ ހުރިހާ ހަރަދެއް ކުރަން ނިންމާފައިވަނީ މި މިސްކިތް އެޅުމަށް ހަވާލުވި ފަރާތުންނެވެ.
ރާއްޖޭގެ 25 މިސްކިތެއް ބިނާކުރުމުގެ ފުރުސަތު މިހާރުވެސް އެބައޮތް ކަމަށް ޝަހީމް ވަނީ މިދިޔަ ޖެނުއަރީ މަހު ވިދާޅުވެފައެވެ.
މާލެ ސަރަހައްދުގައި ގިނަ އަދަދެއްގެ މިސްކިތް އަޅަމުންދާ އިރު، ހިލޭ އެހީގެ ދަށުންވެސް މާލެ ސަރަހައްދުގައި މިސްކިތް އެޅުމަށް މިހާރުވެސް ވަނި އަމިއްލަ ބައެއް ފަރާތްތަކާއި އަދި ކުންފުނިތަކާއެކު އެއްބަސްވުމުގައި ސޮއިކޮށްފައެވެ.

































