މިހާރު ކޫރަމުން އަންނަ ވިއްސާރާގައި ފާއިތުވި 24 ގަޑިއިރު އެންމެ ގިނައިން ވާރޭ ވެހުނީ އައްޑޫ ހިތަދު އަށް ކަމަށް މޫސުމާ ބެހޭ އިދާރާ އިން ބުނެފި އެވެ.
އެ ތަނުން ބުނީ އެ އަވަށަށް 110 މިލިމީޓަރުގެ ވާރޭވެހުނު ކަމަށެވެ. އެގޮތުން ބައެއް ސަރަހައްދުތަކުގައި ފެންބޮޑުވެގެން ފެން ހިއްކަން ވެސް ޖެހުނެވެ. ބައެއް ގޭގެ އަށް ވެސް ފެން ވަދެ، ގެއްލުންތަކެއްވެފައިވެ އެވެ.
މެޓުން ބުނި ގޮތުގައި ރާއްޖެ ހުޅަނގު މޫސުން ނިމި، އިރުވައި މޫސުން ފެށޭ ދުވަސް ވަރާ ދިމާކޮށް އުފެދިފައިވާ ލޯ ލެވެލް ސާކިއުލޭޝަންގެ ސަބަބުން ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކޮށް، ބައެއް ރަށްތަކަށް ވަރަށް ބޯކޮށް ވާރޭވެހުނު ކަމަށެވެ.
އެގޮތުން ފާއިތުވި 24 ގަޑިއިރު ތެރޭގައި ދެވަނަ އަށް އެންމެ ގިނައިން ވާރޭވެހުނީ އައްޑޫ ގަމަށެވެ. އެއީ 106.5 މިލިމީޓަރުގެ ވާރޭ އެވެ. ދެން އެންމެ ގިނައިން ވާރޭ ވެހުނީ އއ. ތޮއްޑުއަށެވެ. އެއީ 103.3 މިލިމީޓަރުގެ ވާރޭ އެވެ.
މެޓުން ބުނި ގޮތުގައި ކުރިއަށް އޮތް ތިން ދުވަހު ވެސް ރާއްޖެ ސަރަހައްދަށް މޫސުން ގޯސްވާނެ އެވެ.

































