ރައީސް ޑރ. މުޙައްމަދު މުއީއްޒު ސަރުކާރާއި ހަވާލުވިއިރު މަސްވެރިންނަށް 250 މިލިއަން ރުފިޔާ ނުދެވި ބެކްލޮގްގައި އޮތްކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ. މިނިސްޓަރު މިގޮތަށްވިދާލުވީ މިއަދު ރައްޔިތުންގެ މަޖިލިސް ޖަލްސާގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.
މިނިސްޓަރ ޝިޔާމް އިތުރަށް ވިދާޅުވީ މިދިޔަ ސަރުކާރުން ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރަށްފަހު ދެވަނަ ބުރުގައި ކާމިޔާބު ނުވާނެކަން އެނގުމުން މަހުގެ އަގު ބޮޑުކުރި ކަމަށެވެ. އަދި މަހުގެ އަގު 17 ރުފިޔާއިން 25 ރުފިޔާއަށް ބޮޑުކުރީ އެއްވެސް ދިރާސާއެއް ކުރުމެއް ނެތި ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.
“ މަހުގެ އަގަށް އޭރު އަޅުގަނޑުމެން ބަދަލު ނުގެނައިނަމަ ދިވެހިރާއްޖޭގައި މި ސިނާއަތެއް ނޯންނާނެ،“ މިނިސްޓަރު ޝިޔާމް ވިދާޅުވި އެވެ. އަދި މަހުގެ އަގު ކަނޑައަޅަންވާނީ ދުނިޔޭގެ ބާޒާރުގެ އަގާއި ގުޅޭ ގޮތުން ކަމަށް އޭނާ ވިދާޅުވި އެވެ. މިނިސްޓަރު ޝިޔާމް ވިދާޅުވި ގޮތުގައި މި ސަރުކާރުން މަހުގެ އަގަށް ބަދަލު ނުގެނައިނަމަ ދިވެހިން ދައްކާހުރިހާޓެކްސްފައިސާއެއްހަރަދުކުރަންޖެހޭނީމިފްކޯހިންގުމަށެވެ.
މިނިސްޓަރ ޝިޔާމް އިތުރަށް ވިދާޅުވީ މިސަރުކާރުން މަހުގެ އަގަށް ބަދަލު ނުގެނައިނަމަ 1.2 ބިލިއަނެއްހާ ރުފިޔާ މި އަހަރުވެސް ހޭދަކުރަންޖެހޭނެ ކަމަށާއި އެއީ 100 ޓަނުގެ ދެ ފެކްޓްރީ އަޅާނެ ފައިސާ ކަމަށްވެސް ހިއްސާކުރެއްވިއެވެ.
މިނިސްޓަރު ޝިޔާމް ވިދާޅުވީ މަސްވަރިންނަށް ދައްކަންޖެހޭ ފައިސާ ދައްކާ ހަލާސްކޮށް މަސްވެރިންނަށް ދޭންޖެހޭ ފައިސާ މި ސަރުކާރުން ބަރާބަރަށް ދެމުންދާ ކަމަށެވެ.

































