ރާއްޖޭގައި ފުޅާދާއިރާއެއްގައި އިމާރާތްކުރުމުގައި ހަރަކާތްތެރިވާ ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ކުންފުނި، އާރުސީސީއިން ރާއްޖޭގެ މީހުންދިރިއުޅޭ ރަށެއްގައި ފުރަތަމަ ފަހަަރަށް ފްލެޓް އަޅައިގެން ފްލެޓް ވިއްކާ ވިޔަފާރި ފަށައިފިއެވެ. ދ. ކުޑަހުވާދޫގައި، ވިއްކާގޮތަށް އަޅާ ތިން ކޮޓަރީގެ ފްލެޓް ޕްރޮޖެކްޓުގައި ސޮއިކުރުމުގެ ރަސްމިއްޔާތު މިއަދު ހެނދުނު މާގިރި ހޮޓެލްގައި ވަނީ ބާއްވާފައެވެ.
މިއަދު ހެނދު 9.30ގައި މާގިރިހޮޓެއްލްގައި ބޭއްވި މިރަސްމިއްޔާތުގައި ފްލެޓް އެޕާޓްމަންޓުތައް އެޅުމަށް ދ ކުޑަހުވަދޫގެ ބިން އާރުސީސީ އާއި ހަވާޅުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ، އާރުސީސީގެ މެނޭޖިންޑިރެކްޓަރ އިބްރާހިމް ރަޝީދުއެވެ. އަދި ދ. ކުޑަހުވަދޫ ކައުންސިލް ފަރާތުން ސޮއިކުރެއްވީ އެކައުންސިލްގެ ޒިންމާދާރުވެރިޔާ އަލްފާޟިލް މުޙައްމަދު ޝިހާމް އެވެ.
މިރަސްމިއްޔާތުގައި އާރުސީސިގެ ޗެއަރމަން ކާނަލް ރިޓަޔަޑް މުޙައްމަދު ނާޒިމް ވަނީ ވާހަކަފުޅު ދައްކަވާފައެވެ. ޗެއަރމަންގެ ވާހަކަ ފުޅުގައި ކުޑަހުވަދޫގައި އާރުސީސީގެ ޕްރެޖެކްޓް އާމާޒުކުރެއްވި ސަބަބުތައް ހާމަކޮށްދެއްވެވިއެވެ. އެގޮތުން ކުޑަހުވަދޫއަކީ ތައްރައްޤީއަށް ވަރަށް ބޮޑަށް ލޯބިކުރާ ރައްޔިތުންތައްކެއް ދިރިއުޅެމުންގެން ރަށެއްކަން ފާހަކުރެއްވިއެވެ. އަދި ރަށުގެ ގެސްޓުހައުސްގެ ޚިދުމަތްތަކުގެ މައްޗަށް ވާހަކަފުޅުދެއްކެވިއެވެ. އަދި އެމަނިކުފާނު ކުޑަހުވަދޫ އަށް ކުރެއްވި ދަތުރުފުޅުގައި ފެނިލެއްވި މަންޒަރުތައް ސިފަކޮށްދެއްވާ، ރަށުގެ އުމްރާނީ ތަރައްޤީއަށް ރައްޔިތުން މަސައްކަތްކުރާއްވާ މަންޒަރު ފެނިވަޑައިގެންފައިވާކަމަށް ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި ރައްޔިތުންމަޖިލިސްގެ ކުޑަހުވަދޫ ދާއިރާގެ އިއްޒަތްތެރި މެންބަރު އަލްފާޟިލް ހުސައިން ހަމީދު ވާހަކަފުޅުދައްކަވާފައިވެއެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި ކުޑަހުވަދޫ އަކީ އަބަދުވެސް ހިޖުރަކުރާ ފަރާތްތަކަށް މަރުހަބާ ކިޔާ ރައްޔިތުން ތަކެއް އުޅެމުންދާ ރަށެއްކަން ފާހަގަކުރެއްވިއެވެ އަދި މިއަދު މި ފެށުންނު ޕްރޮޖެކްޓް އިން ކުޑަހުވާދޫއަށް އިތުރުރައްޤި ލިބިގެންދާނެކަމަށް ވިދާޅުވިއެވެ.
އާރުސީސީ އިން ދ، ކުޑަހުވަދޫގައި އިމާރަތްކުރާ ފްލެޓްތަކަކީ ބެންކް މެދުވެރިކޮށް ގަނެވޭނެ ފްލެޓްގެ ތަކެކެވެ. ”މާވޭރު“ ޕްރޮޖެޓްގެ ދަށުން ހެދުމަށް ހަމަޖެހިގައިވަނީ ދެ ބްލޮކް އެކުލެވޭގޮތަށްހަދާ 80 އެޕާޓްމެންޓެވެ. މީގެފެލެޓެއްގެ އަގަކީ 1.5 މިލިޔަން ރުފިޔާއެވެ.
އިމާރާތުގައި ދެލިފްޓް ހަރުކުރެވިފައި ހުންނަގޮތަށް ވަނީ ފަރުމާކޮށްފައެވެ. މި ފްލެޓްތަކުގައި 3 ކޮޓާރި ހިމެނޭނެއެވެ. ޒަމާނީ ފެންވަރަށް ތައްރައްޤީ ކުރާ މިފްލެޓްތައް އާންމުކޮށް ހުރިހާ ފަރާތްތަކައް ވިއްކާގޮތައްވަނީ ހަމަޖެހިފައެވެ. އަދި ފްލެޓު ގަންނަން ބޭނުންވާ ފަރާތްތަކަށް ފްލެޓްގެ ބުކިންއަށް ވަނީ ހުޅުވާފައެވެ. ފްލެޓް ގަތުމަށް ބޭނުންވާ ފަރާތްތަކުން އާރުސީސީ އާ ގުޅުންމުން އިތުރުމައުލޫމާތު ލިބިގެންދާނެ ކަމަށްވެސް އާރުސީސީ އިންވަނީ މައުލޫމާތު ދީފައެވެ.

އާރުސީސިއިން ބުނިގޮތުގައި، ދ. ކުޑަހުވަދޫގައި ފްލްޓް އެޅުމުގެ ޕްރޮޖެކްޓުގެ ތެރޭގައި ހިމެނެނީ 160 އެޕާޓަމަންޓް ތަރައްޤީކުރުމެވެ.
ދ. ކުޑަހުވަދޫއަކީ އެއަރފޯޓެއް އޮންން ގެސްޓުހައުސްގެ ވިޔަފާރި ފުޅާވަމުންއަނަން ރަށެއްކަމުން މިފަދަ އެޕާޓްމަންޓްތަކެއްގެ ބޭނުން ވަރަށް މުހިއްމުކަމަށް ކައުސިލްއިންވެސްދެކެއެވެ.
މިއަދު ބޭއްވި ރަސްމިއްޔާތުގައި ބޭންކް އޮފް ސިލޯން އާއި އެމްއައިބީގެ އިސްވެރިން ބައިވެރިވެލެއްވިއެވެ.

































