ޗައިނާ-މޯލްޑިވްސް ފްރީ ޓްރޭޑް އެގްރީމެންޓް (ސީއެމްއެފްޓީއޭ) ގެ ދަށުން އެއްބާރުލުން ދެވިދާނެ ދާއިރާތައް ބަލައި ދިރާސާކުރުމަށްޓަކައި، ސިޗުއާން ޕްރޮވިންސްގެ ދަނޑުވެރިކަމާއި ގްރާމީ ކަންކަމާބެހޭ ޑިޕާޓްމަންޓުގެ ވަފުދެއް ހޯމަދުވަހު މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސްއަށް ޒިޔާރަތްކުރައްވައިފިއެވެ.
މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސްއަށް ޒިޔާރަތްކުރި ވަފުދުން ވަނީ މަސްވެރިކަމާއި އެކުއަކަލްޗަރގެ ދާއިރާގައި އެއްބާރުލުން ދިނުމަށް ޝައުޤުވެރިކަން ފާޅުކޮށްފައެވެ. ޚާއްޞަކޮށް ޒަމާނީ މަސްވެރިކަމުގެ ޓެކްނޮލޮޖީ ބަދަލުކުރުމާއި، ޤާބިލުކަން އިތުރުކުރުމާއި، އަދި މަޢުލޫމާތު ޙިއްޞާކުރުމުގެ ދާއިރާތަކުގައި އެއްބާރުލުން ދިނުމަށް ޝައުޤުވެރިކަން ފާޅުކޮށްފައިވެއެވެ.
މި ބައްދަލުވުމަކީ ދިވެހިރާއްޖެއާއި ޗައިނާގެ މެދުގައި އޮތް އިޤްތިޞާދީ ގުޅުން އިތުރަށް ހަރުދަނާކުރުމަށް މަގުފަހިވެގެންދާނެ ބައްދަލުވުމެއްކަމަށް ބެލެވެއެވެ. ޚާއްޞަކޮށް މަސްވެރިކަމާއި ކަނޑުވެރިކަމުގެ ދާއިރާގައި ދެ ޤައުމުގެ މެދުގައި އޮތް އެއްބާރުލުން އިތުރަށް ފުޅާވެގެންދާނެކަމަށް އުންމީދުކުރެވެއެވެ.

































