ބޭރު ފައިސާއާ ބެހޭ ގާނޫނަށް ސަރުކާރުން ގެނައި އިސްލާހުތަކުގެ ހެޔޮ ބަދަލު ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި ފެންނާނެކަމަށް ގަބޫލުކުރައްވާކަމަށް ބަންޑާރަ ނައިބު އަލްއުސްތާޒް އަހުމަދު އުޝާމް މިއަދު ވިދާޅުވެއްޖެ އެވެ.
އުޝާމް މިފަދައިން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިން ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ބަށްޑަރަ ނައިބުގެ ދެއްކެވި ވާހަކުފުގައި، ބޭރު ފައިސާއިން އާމްދަނީ ލިބޭ ފަރާތްތަކުން 40 އިންސައްތަ މާރުކުރަންޖެހޭގޮތަށް މިގެނެވުނު އިސްހާއެކު އަޅުގަނޑު ގަބޫލުކުރަނީ ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި އޭގެ ޕޮޒިޓިވް ޗޭންޖްތަކެއް ފެނިގެންދާނެކަމަށް. ގާނޫނުގައި އޮތްގޮތުން ސެޕްޓެމްބަރު 1 އިން ފެށިގެން އަމަލުކުރަން ފަށާފައި މިއޮތީ. އެހެންކަމުން އޮކްޓޯބަރު މަހުގެ 1 އިން ފެށިގެން މާރުކުރަންޖެހޭނެކަމަށް ވިދާޅުވިއެވެ.
އެމްއެމްއޭއިން ކަނޑައަޅާފައިވާ ރޭޓާއި ހިލާފަށް ޑޮލަރު ވިއްކުމާއި، ހުއްދަ ނެތި ނުވަތަ އެމްއެމްއޭގައި ރަޖިސްޓްރީ ނުކޮށް ޑޮލަރު މާރުކުރުމުގެ ވިޔަފާރިކުރަމުންދާ ފަރާތްތަކުން ކުރަމުންދަނީ ގާނޫނާ ހިލާފު ވިޔަފާރިއެއްކަމަށް ވިދާޅުވެ ބަންޑާރަ ނައިބު ވަނީ އެފަދަ ފަރާތްތަކާމެދު ފިޔަވަޅު އަޅަމުންދާނެކަމަށް ވިދާޅުވެފައެވެ.
އެމް.އެމް.އޭއިން ބޭރު ފައިސާ ގަނެވިއްކުމަށް ރަސްމީކޮށް ކަނޑައަޅައިފައިވާ ރޭޓަށްވުރެ މަތީ ރޭޓެއްގައި ޑޮލަރު ވިއްކުމާއި، ވިއްކަން އުޅުމާއި، އިޝްތިހާރުކުރުމަކީ ކުށެއްކަމުގައި ވަނީ ކަނޑައަޅައިފައެވެ. މި ކުށްތަކަށް ދެވޭ އަދަބެއްގެ ގޮތުން އަމިއްލަ ފަރުދުން 25,000 ރުފިޔާއާއި 1,000,000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭއިރު، ގާނޫނީ ޝަޚްޞުތައް 100,000 ރުފިޔާއާއި 5,000,000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވޭނެއެވެ.
ބަންޑާރަ ނައިބު ވަނީ ބޭރު ފައިސާގެ މުއާމަލާތުކުރުމުގައި ބޭރު ފައިސާއާއި ބެހޭ ގާނޫނާއި، އެމްއެމްއޭގެ ގާނޫނާއި، ބޭންކިންގެ ގާނޫނުތަކާ އެއްގޮތަށް އަމަލުކުރުމަށް އިލްތިމާސްކުރައްވާފައެވެ.


































