ސަރުކާރުގެ މަސް ކުންފުނި, މިފްކޯގެ ފިހާރައެއް, އަވަށްޓެރި ސްރީ ލަންކާގައި ހުޅުވުމަށް މަޝްވަރާތައް ކުރަމުން އަންނަ ކަމަށް, ރާއްޖެއިން ލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މަސްއޫދު އިމާދު ވިދާޅުވެއްޖެއެވެ. ސަފީރު މަސްޢޫދު މިހެން ވިދާޅުވީ ”ޕީ އެސް އެމް“ ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުންނެވެ. މަސްއޫދު ވިދާޅުވީ ލަންކާގައި ދިވެހި މަހަށް ޑިމާންޑް އެބައޮތް ކަމަށާއި އެގައުމުގައި ދިވެހިން ވިޔަފާރި ކުރެވުމުގެ ފުރުޞަތު އެބައޮތް ކަމަށެވެ.
އެގޮތުން ލަންކާގައި ދިވެހީން ފެކްޓްރީއެއް ހަދައިގެން ރާއްޖޭން ގެންދާ މަސް ޕްރޮސެސް ކުރުމުގެ ފުރުސަތު އެ ގައުމުން ދީފައިވާ ކަމަށް ވެސް ސަފީރު ވިދާޅުވިއެވެ. އަދި މިފްކޯއިން ލަންކާގައި ޑިސްޓްރިބިއުޝަން ސެންޓަރަކާއި ޝޯ ރޫމެއް ހުޅުވުމުގެ ވިސްނުން ގެންގުޅޭ ކަމަށް ވެސް ސަފީރު ވިދާޅުވިއެވެ. ސަފީރު ވަނީ މިފްކޯގެ މަސްފިހާރައެއް ލަންކާގައި ހުޅުވިއްޖެނަމަ އޭގެ ސަބަބުން ދެ ގައުމުގެ ދޭތެރޭ ކުރެވޭ ވިޔަފާރިއަށް ކުރިއެރުމެއް ލިބިގެން ދާނެކަން ފާހަގަ ކުރައްވއަިފައެވެ.
ސްރީލަންކާގެ ރައީސް އަނޫރަ ކުމާރު ޑިސަނަޔެކެ ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ރާއްޖޭގެ ވިޔަފާރިވެރިން ސްރީލަންކާގައި އިންވެސްޓް ކުރެއްވުމަށް އެދިވަޑައިގަތެވެ.

































