މިއަދު ދިވެހި ޤައުމަށް ސިޔާސީ ޕާޓީ ފިކުރުން އެއްކިބާވެ ޤައުމާއި ރައްޔިތުން ގެ ޙައްޤުގަ ނުތެދުވެއްޖެނަމަ އަޅުގަނޑުމެން އެންމެން ވަރަށް ދެރަވާންޖެހޭނެ ކަމަށް ބްރިގޭޑިއަރ ޖެނެރަލް ރިޓަޔަޑް އިބްރާހިމް މުޙައްމަދު ދީދީ ވިދާޅުވެއްޖެއެވެ.
ޖެނެރަލް ދީދީ މިކަންބޮޑުވުން ހިއްސާކޮށްފައިވަނީ އިއްޔެ އެމަނިކުފާގެ ފޭސްބުކް އެކައުންޓު ކޮށްފައިވާ ޕޯސްޓެއްގައެވެ. އެޕޯސްޓުގައި ބުނެފައިވަނީ، މިއަދު އަޑުއިވެނީ ޤާނޫން އަސާސީ ގެ 251 ވަނަ މާއްދާ ބަދަލުކޮށްލާވާހަކަ. އަޅުގަނޑު ދިވެހި ރައްޔިތުން ނަށް ގޮވާލަން ޕާޓީ ފިކުރުތަކުން އެއްކިބާވެވަޑައިގެން މިނުބައި ޖަރީމާ ހުއްޓުވަން. ދަވްލަތުންރައްޔިތުންގެ ފައިސާނަގާ ސިޔާސީ އިދިކޮޅަސް އެއްކޮޅަސް ރައްޔިތުންނަށް ވަނީ ހަރާމްކޯރު! މިޤައުމުގެ ވެރިކަން ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިން، ޤަވްމުގެ ރައްކާތެރިކަން ކަށަވަރުކުރަން ރައްޔިތުން ނުކުތުމުން ދެން ބަސްބުނެވޭނެ ބައެއް ތިބެގެން ނުވާނެކަމުގައެވެ.

ރައްޔިތުންގެ މަޖްލިސްގެ މެމްބަރުން ކޮންމެ ސަރުކާރެއްގައި ވެސް ބަލަނީ ލިބޭނެ ނަފައަކަށްޓަކާ، ދުސްތޫރީ ޒިންމާ ދޫކޮށްއެވަގުތަކު އޮންނަ ސަރުކާރެއްގެ ޙާދިމުންގެ ގޮތުގައި ޤައުމަށް ކޮންމެފަދަ ގުރްބާނެއް ކޮށްފަނަމަވެސް ސަރުކާރަށް ގުލާންކުރާށެވެ.
ޖެނެރަލް ދީދީ އިތުރަށް ހިއްސާކޮށްފައިވަނީ، މިޤައުމުގެ މިނިވަންކަމާއި ސިޔާދަތާއި ޤައުމީ ރައްކާތެރިކަން އަޅުގަނޑުމެނާއި ހަމަޔަށް ވާޞިލްވީ ގިނަބައެއްގެ ލެއާއި ދާ އޮހުރުވައިގެންކަމުގައެވެ.
އަޅުގަނޑުމެންގެ ޤައުމަކީ އިޖްތިމާޢީ ، އިޤްތިޞާދީ އަދި ބިމުގެ ގޮތުން ވެސް ވަރަށް ކުޑަ ޤައުމެއް އެއްބަހުން ވާހަކަދައްކާ އެއްދީނެއްގެ ( މާތްވި އިސްކާމް ދީނުގެ) އަހްލުވެރި އެއް މުޖްތަމަޢް އެއްކަމުގައެވެ.
މި ޤައުމު ހަލާކުކޮށްލަން ދިވެހި ރައްޔިތުން، ތިޔަބޭފުޅުންގެ މަންދޫބުނަށް ފުރުޞަތު ނުދެއްވުމަށް އާދޭހާއި އެކު އިލްތިމާސްކުރާކަމަށް ޖެނެރަލް ދީދީގެ ޕޯސްޓުގައި ހިއްސާކޮށްފައިވެއެވެ.
ބްރިގޭޑިއަރ ޖެނެރަލް (ރިޓަޔަޑް) އިބްރާހީމް މުޙައްމަދު ދީދީ އަކީ ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރު (އެމް.އެން.ޑީ.އެފް) ގައި އިސްމަޤާމުތަކެއް ފުރުއްވާފައިވާ ބޭފުޅެކެވެ. އަސްކަރިއްޔާއިން ރިޓަޔަރ ކުރެއްވުމަށްފަހު، ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެންބަރުކަން ކުރެއްވި އަދި ސިޔާސީ ދާއިރާ އިން ދުރުގައި ހުނެވި، ޤައުމީ ވިސްފުޅުގެންގުޅުއްވާ ބޭފުޅެކެވެ.

































