ދަތްތައް ސާފުކުރުމާއި ދަތުގެ ދުޅަހެޔޮކަމަށް އާންމުން ހޭލުންތެރިކުރުމަށް ޕްރައިމެކްސް މެޑިކެއަރއިން ދެހަފުތާގެ ޚާއްޞަ ޕްރޮގްރާމެއް %50 ޑިސްކައުޓެއް ލިބޭ ގޮތަށް ފަށައިފިއެވެ.
ޕްރައިމެކްސް އިން މައުލޫމާތު ދެއްވިގޮތުގައި، މި ޕްރޮގްރާމް ކުރިއަށްދާނީ އަމިއްލައަތުން ދަތުގެޑޮކްޓަރަށް ދެއްކުމަށް ފައިސާދައްކަން ނުޖެހޭގޮތަށެވެ. އަދި ޑޮކްޓަރަށް ދެއްކުމަށް އާސަންދަ ޚިދުމަތްލިބެގެންދާ ގޮތުގައެވެ.
ޑިސްކައުންޓު ލިބޭ ޕްރޮގްރާމް ކުރިއަށްގެންދާނީ މި ސެޕްޓެމްބަރު 5 އިން ފެށިގެން ސެޕްޓެމްބަރު 17 ގެ ނިޔަލަށެވެ. ދެ ހަފުތާގެ މުއްދަތަށް ކުރިއަށްދާ މި ހަރަކާތުގެ ތެރެއިން ދަތް ސާފުކުރުމުގެ ޚިދުމަތުން %50 ގެ ބޮޑު ޑިސްކައުންޓެއް ލިބިގެންދާނެއެވެ.
ޕްރައިމެކްސް މެޑިކެއަރގެ މި ޕްރޮގްރާމްގެ ދަށުން ފަރުވާ ދެއްވާނީ ދަތުގެފަރުވާގެ ތަޖުރިބާކާރު ދެ ޑޮކްޓަރުން ކަމަށްވާ ޑރ. ޕިޔުޝް އާއި ޑރ. ޔާސިމީން އެވެ.
މިއީ ދަތްތަކުގެ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމާއި، ދަތްސާފުކުރުމަށް އަގުހެޔޮކޮށް އަވަހަށް ފަރުވާ ހޯދުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.
އާންމު ސިއްހަތު ރައްކާތެރިކުރުމަށްޓަކައި ދަތްތަކުގެ ދުޅަހެޔޮކަމަކީ އިންތިހާއަށް މުހިންމު ކަމަކަށްވާއިރު، މި ޚާއްޞަ ފުރުސަތުގެ ބޭނުން ހިފާ އަވަހަށް އެޕޮއިންޓްމަންޓް ހެއްދުމަށް ޕްރައިމެކްސް މެޑިކެއަރއިން އެދެއެވެ.
ޕްރައިމެކްސް މެޑިކެރަ އިން އިންތިޒާމުކުރާ މިޕްރޮގްރާމްގައި ދަތުގެޑޮކްޓަރަށް ދެއްކުމަށް ފޯން: 333051 އަދި ވައިބަރ 7596254 އަށް ގުޅުއްވައިގެން އެޕޮއިންޓްމަންޓް ހެއްދުމަށް ޕްރައިމެކްސް އިން އެދިލައްވައެވެ.


































