ނ. ފޮއްދޫ ބަނދަރުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް އެމްޓީސީސީއިން ވިދާޅުވެއްޖެއެވެ.
އެމްޓީސީސީން ވިދާޅުވީ ފޮއްދޫ ބަނދަރުގެ މަސައްކަތް ހަލުވި ކަމާއެކީ ކުރިއަށްދާ ކަމަށާއި މިހާރު ކުރިއަށްދަނީ ބަނދަރު ފުންކުރުމުގެ މަސައްކަތްތައް ކަމަށެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު، މިދިޔަ އަހަރު ފޮއްދުއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ ފޮއްދޫ ރައްޔިތުންނަށް ކުރިމަތިވެފައިވާ ލަފާ ފުރުމުގެ ދަތިކަމަށް ނިމުމެއް ގެންނަވާނެ ކަމަށެވެ.
މި ސަރުކާރުން އެކަމަށް ދާއިމީ ހައްލެއް ހޯއްދަވައިދެއްވާނެ ކަމުގައި ވިދާޅުވިއެވެ. ފޮއްދޫ ރައްޔިތުންނަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ލަފާފުރުމުގެ ދަތިކަންކަން ފާހަގަކުރައްވައި، އެކަމުގެ ސަބަބުން ހިތާމަވެރި އެތައް ހާދިސާތަކަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
ފޮއްދޫ ބަނދަރުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށް ގެންގޮސް ނިންމަވައި ދެއްވާނެ ކަމުގެ ފުރިހަމަ ޔަގީންކަން ރައީސް ޑރ. މުއިއްޒު، ފޮއްދޫ ރައްޔިތުންނަށް ވަނީ ދެއްވައިފިއެވެ.


































