ޓްރީ ޓޮޕް ހޮސްޕިޓަލުގެ ބައެއް ހިދުމަތްތަކުގެ އަގު ބޮޑުކޮށްފި އެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލުން ބުނިގޮތުގައި އަގުތަކަށް ގެނައި ބަދަލުތަކަށް އަމަލުކުރަން ފަށާފައިވަނީ މި މަހުގެ އެއްވަނަ ދުވަހުން ފެށިގެންނެވެ. މި ބަދަލުތަކަކީ މިހާރު ކުރިމަތިވެފައިވާ އިގްތިސާދީ ގޮންޖެހުންތަކާއެކުވެސް، ދުނިޔޭގެ ފެންވަރުގެ ސިއްހީ ހިދުމަތްތައް އެންމެ މަތީ ފަންތީގައި ދެމެހެއްޓުމަށްޓަކައި ގެނައި ބަދަލުތަކެއް ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.
އަގުތަކަށް ގެނައި ބަދަލުގެ ތަފްސީލުތައް އެ ހޮސްޕިޓަލުން ހާމަކޮށްފައި ނުވި ނަމަވެސް، ޑޮކްޓަރަށް ދެއްކުމުގެ ފީއާއި ބައެއް ފަރުވާތަކުގެ އަގުތައް ވަނީ ބޮޑުވެފަ އެވެ.
ޓްރީޓޮޕް ހޮސްޕިޓަލަކީ އާ ހިދުމަތްތައް ފަށައި، ސިއްހީ ހިދުމަތް ފޯރުކޮށްދެމުން އަންނަ ހޮސްޕިޓަލެކެވެ. އެ ހޮސްޕިޓަލުގެ މައިގަނޑު އަމާޒަކީ އާ އުސޫލުތަކާއި ހިދުމަތްތައް ތައާރަފުކޮށް، ދިވެހި ރައްޔިތުން ބޭރު ގައުމުތަކަށް ސިއްހީ ފަރުވާ ހޯދަން ދާންޖެހޭ ސަބަބު މަދުކުރުމާއި، ސިއްހީ ހިދުމަތުގެ ހަރަދުތައް ކުޑަކުރުމެވެ.

































