ލޯކަލް ކައުންސިލް އަދި ޑަބްލިއުޑީސީގެ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޕްރައިމަރީގެ ވޯޓުލުން ނިމުމަށް ފަހުވެސް ހުރިހާ ބޭފުޅުންވެސް ތިބެންވާނީ އެކުގައި ކަމަށް އެމްޑީޕީގެ ވަގުތީ ޗެއާޕާސަން ޢަބްދުލްޣަފޫރު މޫސާ (ގަޕޯ) ވިދާޅުވެއްޖެ އެވެ.
ގަޕޯ ވިދާޅުވީ، އިންތިހާބުން ބަލިވާ ފަރާތްތަކަށް ކޮންމެވެސް ވަރެއްގެ ހިތް ނުތަނަވަސް ކަމެއް އަންނާނެ ކަމަށާއި އެހެން ނަމަވެސް މާދަމާވެސް ނިކުމެ އެންމެން އެކުގައި މަސައްކަތް ކުރަންޖެހޭ ކަމަށެވެ.
ޣަފޫރު ވަނީ އިންތިޚާބުގެ ކުރިން ވެސް އެމްޑީޕީ އެކުގައި ކުރިއަށް ދިއުމަށް އިލްތިމާސް ކޮށްފަ އެވެ.

































