މަސްތުވާތަކެއްޗާ ދެކޮޅަށް ދާދި ފަހުން ފުލުހުން ”އޮޕަރޭޝަން އަލިމަގު“ ގެ ނަމުގައި ފެށި އޮޮޕަރޭޝަންގެ ތެރެއިން ހައްޔަރުކުރި މީހުންގެ ތެރެއިން 34 މީހެއްގެ މައްސަލައިގެ ތަހުގީގު ނިންމައި ދައުވާކޮށް ދޭން އެދި ޕްރޮސިކިއުޓަ ޖެނަރަލްގެ އޮފީހަށް ފޮނުވައިފި އެވެ.
އެ އޮޕަރޭޝަންގައި މިހާތަނަށް 193 ހައްޔަރުކޮށްފައިވެ އެވެ.
ފުލުހުން މިއަދު ބޭއްވި ނޫސް ކޮންފަރެންސެއްގައި ފުލުހުންގެ ޑްރަގް އެންފޯސްމަންޓްގެ ކައުންޓަ-ނާކޮޓިކްސް އޮޕަރޭޝަންސް ހިންގެވުމާ ހަވާލުވެހުންނެވި ޗީފް އިންސްޕެކްޓަ އޮފް ޕޮލިސް ފާތިޙް މުޙައްމަދު ވިދާޅުވީ އޮޕަރޭޝަން އަލިމަގުގެ ދަށުން މިހާތަނަށް 166 ތަނެއް ބަލައި ފާސްކޮށްފައިވާ ކަމަށެވެ.
މިއޮޕަރޭޝަންގެ ތެރެއިން 193 މީހަކު ހައްޔަރުކޮށްފައިވާ ކަމަށާއި އޭގެތެރޭގައި ހިމެނެނީ 186 ފިރިހެނުންނާއި 7 އަންހެނުން ކަމަށެވެ.
މިއޮޕަރޭޝަންގެ ދަށުން މިހާތަނަށް 30.63 ކިލޯގެ މަސްތުވާތަކެތި ވެސް އަތުލައިގަންފައިވެ އެވެ.
ސިލްސިލާކޮށް ކުރިއަށް ގެންދަން ނިންމާފައި ”އޮޕަރޭޝަން އަލިމަގު“ މިހާތަނަށް 39 ރަށެއްގައި ހިންގާފައިވެ އެވެ.

































