މާލޭގެ ގެއެއް ފާސްކޮށް ގިނަ އަދަދެއްގެ ވޭޕް ސާމާނުތަކެއް ފުލުހުން ހޯދައިފި އެވެ.
ފުުލުހުން ހޯމަ ދުވަހު ބުނީ އެތަކެތި ހޯދާފައި ވަނީ ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން އިއްޔެ ހިންގި އޮޕަރޭޝަނެއްގައި ކޯޓު އަމުރެއްގެ ދަށުން މާލޭގެ ދެ ގެއެއް ބަލައިފާސްކޮށްގެން ކަމަށެވެ. އެ އޮޕަރޭޝަންގައި ބަލައިފާސްކުރިި ދެ ގެއިން 442 ވޭޕް ކާޓްރިޖާއި ދެ ކާޓޫން ސިނގިރެޓްގެ އިތުރުން ޝީޝާ ޕަފާއި ވޭޕްއާ ގުޅުން ހުރި އެހެނިހެން ތަކެތި ފެނިފައިވާކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލައާ ގުޅިގެން ދެ މީހަކު ޖޫރިމަނާކޮށްފައި ވާނެ ކަމަށާއި އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާނެ ކަމަށް ފުލުހުން ބުންޏެވެ.
އަދި މައްސަލަ އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

































