ކުރިއަށް އޮތް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ އިންތިހާބާއި ގުޅޭ ޕީއެންސީގެ ކެމްޕެއިން މެނޭޖާރަކަށް އެ ޕާޓީގެ ޕީޖީ ގްރޫޕްގެ ލީޑަރު އިބްރާހިމް ފަލާހް ހަމަޖައްސަވައިފިއެވެ.
ފަލާހް އަކީ މިހާރުވެސް އިންގުރައިދޫ ދާއިރާގެ މެންބަރެވެ. ފަލާހް އަކީ ރައީސް ޑރ. މުއިއްޒު އެންމެ އިތުބާރު ކުރައްވާ މެމްބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ.
ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު އަންނަ އަހަރުގެ މާޗް މަހުގެ 28 ވަނަ ދުވަހު ބޭއްވުމަށް ވަނީ ނިންމާފައެވެ. އަދި އިންތިހާބަށް ކުރިމަތިލާ ބައިވެރިން ފޯމު ހުށަހެޅުމަށް އަންނަ އަހަރު ޖެނުއަރީ މަހުގެ 17 ވަނަ ދުވަހު ހުޅުވާލާނެއެވެ.
މިހާރުވެސް އިންތިހާބުގައި ވާދަކުރަން ބޭނުންވާ ފަރާތްތަކުން އެކަން މީސް މީޑިއާގައި ދަނީ އިއުލާން ކުރަމުންނެވެ.


































