އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ދައުވަތަކަށް ރަޝިޔާގެ ރައީސް ޕޫޓީން އަންނަ ޑިސެމްބަރ މަހުގެ 4ން 5އަށް އިންޑިއާއަށް ރަސްމީ ދަތުރުފުޅެއް ކުރައްވަން ހަމަ ޖެހިއްޖެއެވެ. ރަޝިޔާގެ ރައީސް ވްލަޑިމީރް ޕޫޓިން، ޑިސެމްބަރު 4 އާއި 5 ގައި އިންޑިޔާއަށް ވަޑައިގަންނަވާނީ 23 ވަނަ އިންޑިޔާ-ރަޝިޔާ އަހަރީ ސަމިޓްގައި ބައިވެރިވެވަޑައިގަތުމަށެވެ. ދަތުރުފުޅަކީ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. ޕޫޓިންގެ އިންޑިޔާ ދަތުރުފުޅުގައި ބޮޑުވަޒީރު މޯދީއާ ބައްދަލުކުރައްވާ މަޝްވަރާކުރައްވާނެ ކަމަށާއި، އަދި ރައީސް ދުރައުޕަދީ މުރުމޫ ވެސް ރަޝިޔާގެ ލީޑަރު ރާޝްޓްރަޕަތީ ބަވަންގައި ބައްދަލުކުރައްވާ، އެމަނިކުފާނުގެ ޝަރަފުގައި ރޭގަނޑުގެ ޚާއްޞަ ޖާފަތެއް ދެއްވާނެ ކަމަށް އިންޑިއާގެ ޚާރިޖީ ވުޒާރާއިން ހާމަ ކުރައްވާފައި ވެއެވެ.
އިންޑިއާގެ ޚާރިޖީ ވުޒާރާއިން އާއްމު ކުރައްވާފައިވާ ސްޓޭޓްމަންޓްގައި ވަނީ، ޕޫޓީންގެ މިދަތުރު ފުޅުގެ ސަބަބުން ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެން ދާނެ ކަމަށާއި ދުރު ރާސްތާ ރޭވުންތަކަށް މަގުފަހިވެގެން ދާނެ ކަމަށާއި މުހިއްމު ސަރަހައްދީ އަދި ބައިނަލް އަޤުވާމީ މައްސަލަތަކާއި މެދު ޚިޔާލު ބަދަލު ކުރުމުގެ ފުރުޞަތު ދެޤައުމަށްވެސް ލިބިގެން ދާނެ ކަމަށެވެ. މިދަތުފުޅުގައި މުހިއްމު އެއްބަސްވުން ތަކެއްގައި ދައުޤައުމުން ސޮއި ކުރެއްވުމަށް ހަމަ ޖެހިފައި ވެއެވެ.

































