ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުގެ ރައީސް ކަމުގެ މަގާމަށް ބޭފުޅަކު އައްޔަނު ކުރައްވައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެންއައިސީގެ ރައީސް ކަމުގެ މަގާމަށް އެކޮމިޝަނުގެ މެންބަރު، ދަފްތަރު. ނަންބަރު ރސ 1188 ޝުޢައިބު ޢަބްދުއްރަހްމާނު، މިއަދު ޢައްޔަން ކުރައްވާފައިވާ ކަމަށެވެ. ޝުޢައިބު ޢަބްދުއްރަހްމާނު، މި ކޮމިޝަނުގެ މެމްބަރުކަމަށް ޢައްޔަންކުރެއްވި ދެވަނަ ދައުރެވެ.
ޝުޢައިބު ޢަބްދުއްރަހްމާނު، މިކޮމިޝަނުގެ ރައީސްކަމަށް ޢައްޔަންކުރައްވާފައިވަނީ ކުރިން މިކޮމިޝަނުގެ ރައީސްކަމުގެ މަޤާމުގައި ހުންނެވި ބޭފުޅާގެ ދައުރު ހަމަވުމާ ގުޅިގެންނެވެ.
ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ ޤާނޫނުގެ ތިން ވަނަ މާއްދާގެ ދަށުން އުފައްދާފައިވާ ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުގެ ރައީސްކަމުގެ މަޤާމަށް، ރައީސުލްޖުމްހޫރިއްޔާ ބޭފުޅަކު އައްޔަން ކުރެއްވީ، އެ ގާނޫނުގެ 12 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތީން، އެމަނިކުފާނަށް ލިބިދޭ ބާރުގެދަށުންނެވެ.

































