މި މަހުގެ 15 އިން 27 އަށް ބޭއްވުމަށް ހަމަޖެހިފައިވާ 17 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕުގައި ވާދަކުރުމަށް ރާއްޖޭގެ ޒުވާން ގައުމީ ފުޓްބޯޅަ ޓީމު ސްރީ ލަންކާއަށް ހިނގައްޖެއެވެ.
ލަންކާގެ ވެރިރަށް ކޮލަމްބޯގެ ރޭސްކޯސް ސްޓޭޑިއަމްގައި ކުޅޭ މި ފަހަރުގެ 17 އަހަރުން ދަށުގެ މުބާރާތުގައި ރާއްޖެއާ އެކު ގްރޫޕް ބީގައި ހިމެނެނީ އިންޑިއާ އާއި، ބޫޓާން އަދި ޕާކިސްތާނެއެވެ. އަދި ގުރޫޕް އޭގައި ހިމެނެނީ ބަންގްލަދޭޝް އާއި، ނޭޕާލް އަދި މުބާރާތް ބާއްވާލަންކާ އެވެ.
މި މުބާރާތުގައި ވާދަކުރުމަށް ޒުވާން ޓީމު ލަންކާއަށް ފުރާފައިވަނީ މިއަދުގެ ހެނދުނުގެ ވަގުތެއްގައެވެ. މި މުބާރާތަކީ ރާއްޖޭގެ 17 އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗަކީ ސޮބާހު މުޙައްމަދުއެވެ.
ސާފް ޗެމްޕިއަންޝިޕަށްފަހު 17 އަހަރުން ދަށުގެ ޓީމު ތައްޔާރުވާނީ އަންނަ އަހަރު ބާއްވާ 17 އަހަރުން ދަށުގެ އޭޝިއަން ކަޕުގެ ކޮލިފައިން މެޗުތަކަށެވެ. ކޮލިފައިންގައި ރާއްޖެ ހިމެނެނީ ގްރޫފް އެފްގައެވެ. ސައުދީ އަރަބިއްޔާގައި ބާއްވާ އޭޝިއަން ކަޕުގެ ކޮލިފައިންގައި ރާއްޖެ ހިމެނޭ ގުރޫޕުގެ މެޗުތައް ކުޅެން ހަމަޖެހިފައިވަނީ ނޮވެމްބަރު މަހުގެ 22 އިން 30 އަށް ތައިލެންޑުގެ ޗޮންބުރީއެވެ.

































