މާލޭގައި ގަވާއިދާ ހިލާފަށް ބަނގުރަލުގެ ވިޔަފާރި ކުރަމުންދިޔަ ދެމީހަކު ހައްޔަރުކޮށް، ޑީޕޯޓުކުރުމަށް އިމިގްރޭޝަނާ ހަވާލުކޮށްފި ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ.
މި ދެމީހުން ހައްޔަރުކޮށްފައިވަނީ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނުގައި މި ސެޕްޓެންބަރު މަހުގެ 10ވަނަ ދުވަހުއެވެ.
މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ މޮނު ހައުލޭޑަރ (47އ) އާއި ސަކީބް މިއާ (25އ) އެވެ. މި ދެމީހުންނަކީ ވެސް ބަންގްލަދޭޝް ދެމީހުންނެވެ.
މާލޭ މަގުމަތިން ސައިކަލެއްގައި ދަނިކޮށް މި ދެމީހުން ހުއްޓުވައި ބަލައިފާސްކޮށް އަދި އެ މީހުން ދުއްވި ސައިކަލާއި އެ މީހުން ދިރިއުޅޭ ގެ ބަލައިފާސްކުރިއިރު 317 ފުޅި ބަނގުރަލާއި، ކުށްކޮށްގެން ހޯދާފައިވާ ކަމަށް ތުހުމަތުކުރެވޭ 9000 އަށްވުރެ ގިނަ ރުފިޔާ ފެނިފައި ވާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެއެވެ. މި މައްސަލައާ ގުޅިގެން، އެ މީހުން ދުއްވި ސައިކަލު ވަނީ ޓޯކޮށްފައެވެ.
މި މައްސަލަ ފުލުުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

































