ދުނިޔޭގެ ގާތުން ދިނުމުގެ ހަފްތާ ފާހަގަ ކުރުމުގެ ގޮތުން ދަމަނަވެށީގައި ތަފާތު ޙަރަކާތްތަކެއް ބާއްވައިފިއެވެ. ދުނިޔޭގެ ގާތުން ދިނުމުގެ ހަފްތާގެ ގޮތުގައި ފާހަގަކުރަމުންދަނީ އޯގަސްޓް މަހުގެ ފުރަތަމަ ހަފްތާއެވެ.
އެގޮތުން މި ހަފްތާ ފާހަގަ ކުރުމުގެ ގޮތުން ދަމަނަވެއްޓަށް ކިރަން ނުވަތަ ވެކްސިން ޖަހަން އަންނަ ފަރާތްތަކުގެ ތެރެއިން 6 މަސް ވަންދެން ހަމައެކަނި ގާތުން ދީފައިވާ މައިންނަށް އެކަން ފާހަގަކޮށް ހިތްވަރު ދިނުމުގެ ގޮތުން ހަނދާނީ ލިޔުމެއް ދެމުންދެއެވެ. އަދި އެފަދަ ކުދިންގެ ކިރާ ކާޑުގައި ޖެހުމަށް ޚާއްޞަ ސްޓޭޕެއް ތައްޔާރުކޮށް ކާޑުގައި ޖަހަމުން ގެންދަމުން ގެންދަވާ ކަމަށް ޞިއްޚީ ވުޒާރާއިންް ވިދާޅުވެއެވެ.
މީގެ އިތުރުން މިހަފްތާގެ ޝިޢާރާ ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަންތަކެއް ދަމަނަވެށީގެ މުވައްޒަފުންނަށް ބާއްވާފައިވާ ކަމަށް ޞިއްޚީ ވުޒާރައިން ވިދާޅުވެއެވެ. މި ސެޝަން ނަންގަވައިދެއްވީ އޭ.ޑީ.ކޭ ހޮސްޕިޓަލުގެ ސީނިއަރ ދެ ނަރުހުން ކަމަށްވެސް ޞިއްޚީ ވުޒާރާއިން މަޢުލޫމާތު ދެއްވައެވެ.

































